މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ހައުސް އެއަރވޭބިލްތައް ރަޖިސްޓްރީކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ހުށަހެޅުމުގެ ކުރިން، ފްރައިޓް ފޯވަރޑަރު އެ ހައުސް އެއަރވޭބިލްތައް ކަސްޓަމްސްއަށް ހުށަހަޅައި ހުއްދަ ހޯދުމަށް

ދިވެހިރާއްޖެއަށް ގެންނަ މުދަލުގެ ކާގޯ މެނިފެސްޓު، އުޅަނދު އައުމުގެ ކުރިން ކަސްޓަމްސްއަށް ހުށަހަޅަންޖެހޭއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ވައިގެ މަގުން ގެންނަ މުދަލުގެ ހައުސް އެއަރވޭބިލުގެ މަޢުލޫމާތު ބައެއް ފަރާތްތަކުން އެއަރލައިނަށާއި ކަސްޓަމްސްއަށް ހުށަނާޅައި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ހުށަހަޅާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން، މުދަލުގެ ގުޑްސް ޑިކްލަރޭޝަން ނިންމައި މުދާ ދޫކުރުމުގައި ގިނަ ދަތިތަކާ ކުރިމަތިވެއެވެ.

މިހެންކަމުން، ހައުސް އެއަރވޭބިލްތައް  ރަޖިސްޓްރީކުރުމަށް  މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ހުށަހެޅުމުގެ ކުރިން، ފްރައިޓް ފޯވަރޑަރު އެ ހައުސް އެއަރވޭބިލްތައް ކަސްޓަމްސްއަށް ހުށަހަޅައި ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފީމެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ރަޖިސްޓްރީކޮށްދޭނީ ކަސްޓަމްސްއިން ހުއްދަ ދީފައިވާ ހައުސް އެއަރވޭބިލްތައް ކަމުގައި ދަންނަވަމެވެ. ކަސްޓަމްސްއިން މި ހުއްދަ ދޭނީ، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާނަމައެވެ.

  1. މުދާ ގެންނަ އުޅަނދު އައުމުގެ މަދުވެގެން 30 މިނިޓުކުރިން ކަސްޓަމްސްއަށް ހައުސް އެއަރވޭބިލް ހުށަހެޅުން؛
  2. ހައުސް އެއަރވޭބިލް ދޫކުރާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގައި ފްރައިޓު ފޯވަރޑަރެއްގެ ގޮތުގައި ރަޖިސްޓަރީ ވެފައިވާ ފަރާތަކަށްވުން؛
  3. އެއަރވޭބިލް ރަޖިސްޓްރީކުރުމަށް މުދާ ގެނައި އެއަރލައިނުން ހުއްދަ ދީފައިވުން؛
  4. އެ މުދަލުގެ މާސްޓަރ އެއަރވޭބިލުގެ ސައްޙަ މަޢުލޫމާތު ކުރީބައިގައި ކަސްޓަމްސްއަށް ލިބިފައިވުން؛
  5. ކޮންމެ ދާގީނާއެއްގައި މުދަލުގެ ހައުސް އެއަރވޭ ބިލް ނަންބަރުގެ އިތުރުން ވެރިފަރާތުގެ ނަން ނުވަތަ މަރުކާ ލިޔެވިފައި އޮތުން؛

 

ވީމާ، 15 މާރިޗް 2023 ދުވަހުން ފެށިގެން، އިސްވެ ދެންނެވި ގޮތުގުމަތިން ޢަމަލުކުރަން ނިންމާފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

22 ފެބުރުވަރީ 2023
ހޯދާ