އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް ޑޭޓާ ރިޕޯޒިޓޯރީ އަދި ޑޭޓާ ވިޝުއަލައިޒޭޝަން ޓޫލްެއެއް ފަރުމާކޮށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް

                       ނަންބަރ: ASND/GA/IUL/2023/10


 

މިކުންފުނީގެ ބޭނުމަށް ޑޭޓާ ރިޕޯޒިޓޯރީ އަދި ޑޭޓާ ވިޝުއަލައިޒޭޝަން ޓޫލްެއެއް ފަރުމާކޮށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅޭ TOR މި އިޢްލާނާއިއެކު ގެޒެޓު އަދި މި ކުންފުނީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 މާރޗް 2023 ވާ ބުދަ ދުވަހުގެ 15:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، tender@aasandha.mv އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް ހަމަޖެހިފައިވާ ސުންގަޑި ހަމަވާއިރު، މަދުވެގެން 3 ފަރާތަކުން ރެޖިސްޓްރީ ކޮށްފައިނުވާނަމަ، މި އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރެވޭނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ބައްދަލުވުމެއް 05 މާރޗް 2023 ވާ  އާދީއްތަ ދުވަހުގެ 14:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. 

12 މާރޗް 2023 ވާ އާދީއްތަ ދުވަހުގެ 09:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

22 ފެބްރުއަރީ 2023

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: info@aasandha.mv    ވެބްސައިޓް: www.aasandha.mv    ފޯން:  3011483      

22 ފެބުރުވަރީ 2023
ހޯދާ