ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ހދ ގޮފީގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

މި އިޢުލާންވަނީ 09 މާރިޗު 2023 11:59 ގައި ބާތިލް ކުރެވިފައެވެ.


(IUL)196-C/1/2023/17 :ނަންބަރު 

އިޢުލާން

 

މި އޮފީހުގެ ހދ ގޮފީގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކުމަށް.

 މި އޮފީހުގެ ހދ. ގޮފީގައި ހުރި ބައުވެ ހަލާކުފައިވާ ހަރުމުދާތަކެއް، ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ އުސޫލުގެ ދަށުން ވިއްކާލުމަށް ހުޅުވާލަމެވެ. މި ތަކެތީގެ ނީލަން ފެށޭ އަގާއި އިތުރު ތަފްސީލް މި އިއުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިދެންނެވި ތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2023 މާރިޗު 11 ވާ ހޮނިހިރު ދުވަހުގެ 10:00 އަށް މިއޮފީހުގެ ހދ.ގޮތްޕަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ. ނީލަން ކިޔުމަށް ހަމެޖިފައިވަނީ "ދުވަހު ނީލަމުގެ" ގޮތް ކަމުގައި ދެންނެވީމެވެ. އަދި މިތަކެތި ނީލަން ނިމޭތާ ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނޭކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާ އަމިއްލަ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

ނީލަންކިޔުން އޮންނާނީ؛

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް

ހދ. ގޮފި،

ނޮދަރން އޮފީސް ކޮމްޕްލެކްސް، 3 ފަންގިފިލާ،

ހދ. ކުޅުދުއްފުށި ސިޓީ،

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3024316 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

03 ޝަޢުބާން 1444

23 ފެބުރުވަރީ 2023
ހޯދާ