މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިފީ ބަލައިގަތުމާއި ގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                                                ނަމްބަރ:IUL-303-AHR/303/2023/01

 އިޢުލާން

ކުނިފީ ބަލައިގަތުމާއި ގުޅޭ

                        އުނގޫފާރު ރައްޔިތުންގެ ނަމުގައި މިކައުންސިލުން ހިންގަމުންދިޔަ އުނގޫފާރު ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމާއި ގުޅިގެން ކަރަންޓް ބިލާއެކު ބަލައިގަންނަމުންދިޔަ ކުނިފީ މިހާރު ބަލައިގަންނާނީ އުނގޫފާރު ކައުންސިލް އިދާރާއިންކަމުގައި ދަންނަވަމެވެ. ކުނިފީ ބަލައިގަންނާނީ ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށެވެ.

 ކުނިފީއަކީ އެޑްވާންސްކޮށް ނަގަމުންދާ ފީ އަކަށްވާތީ، ހިނގަމުންދާ މަހުގެ 10 ގެ ކުރިން ފީ ނުދައްކައިފިނަމަ ވަގުތީ ގޮތުން ކުނި ނެގުން މެދުކަނޑާލެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި 10 ގެ ފަހުން ކުނިފީ ދައްކާނަމަ ފީ ބަލައިގަނެވޭނީ އިތުރުވާ ކޮންމެ ދުވަހަކަށް 5 ރުފިޔާގެ ރޭޓުން ޖޫރިމަނާ ފައިސާ ހިމެނުމަށްފަހުގައެވެ.

 ފައިސާ ޖަމާކުރައްވާނަމަ މިކައުންސިލްގެ ނަމްބަރ 7717700465001   އެކައުންޓަށް ޖަމާކުރެއްވުމަށްފަހު 9318970 އަށް ސްލިޕް ވައިބަރ ނުވަތަ finance@ungoofaaru.gov.mv އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.         

                       14 ޝައުބާން 1444   

                        06 މާރޗް 2023  

06 މާރިޗު 2023
ހޯދާ