ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިންޖީނުގޭގެ ދެކުނުން ސޯލާޖެހުމަށް ކައުންސިލުން ކަނޑައަޅާފައިވާ ބިމުގައި ނަންބަރުޖެހިފައިހުރި ރުއްގަހުގެ ވެރީން ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 16 މާރިޗު 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައި ވާނޭކަމުގައި ދެންނެވީމެވެ. މިސަރަހައްދުގައިވާ ރުއްގަހުގެ ވެރީން ހޯދުމަށް ތަކުރާރުކޮށް އިޢުލާނުކުރެވިފައިވާތީމިމުއްދަތުގެ ތެރޭގައި ވެރިފަރާތުން ރުއްގަހުގެ މަޢުލޫމާތު މިއިދާރާއަށް އަންގާފައިނުވާ ރުއްގަހަކީ ބަންޑާރާ ރުއްގަސްކަމުގައި ބަލައި މިތަކެއްޗާއިމެދު އަމަލުކުރެވޭނޭކަމުގައި ދަންނަވަމެވެ.

          މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 7980047 ފޯނާގުޅުއްވުން އެދެމެވެ.

                            ވީމާ، މިކަން އާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

07 މާރިޗު 2023
ހޯދާ