ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2023-032
މަޤާމް: އެސިސްޓެންޓް އޮފިސަރ
ސެކްޝަން: މެޑިކަލް އިންވެސްޓިގޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" ލިބިފައިވުން ނުވަތަ
- ޖީ.ސީ.އީ އޭލެވެލް ނުވަތަ އެޗް.އެސް.ސީ އިމްތިޙާނުގެ 2 މާއްދާއިން "އީ" ލިބިފައިވުން ނުވަތަ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޚިދުމަތްދޭ މަރުކަޒުތަކުގެ ޙެލްތު ކްލެމްސް އަދި ޓްރާންސެކްޝަންތައް ޗެކްކުކުރުން.
- ޚިދުމަތްދޭ މަރުކަޒުތަކުގެ އޮޑިޓް ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
- ފުރިހަމަކުރެވޭ އޮޑިޓްތަކުގައި ފާހަގަ ކުރެވޭ މައްސަލަތައް ސާރވިސް ޕްރޮވައިޑަރސްއިންނާއި މުޢާމަލާތުކުރުން.
- އޮޑިޓްކުރުމަށް ކުރެވުނު މަސައްކަތުގެ މައްޗައް ބިނާކޮށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން.
- ސެކްޝަންގެ އެހެނިހެން މެމްބަރުންނާއިއެކު ކުރިޔަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ކުރިޔަށް ގެންދިއުން.
- މީގެ އިތުރުން ސެކްޝަންގެ އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
އެހެނިހެން ހުނަރު:
- މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
މުސާރައާއި އިނާޔަތް :
- އަސާސީ މުސާރަ: -/4000 ރުފިޔާ
- ލިވިންގ އެލަވަންސް: -/3000 ރުފިޔާ
- އެޓެންޑަންސް އެލަވަންސް: -/1400 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް
ކުރިމަތިލުމުގެ ސުންގަޑި: 15 މާރިޗް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، jobs@aasandha.mv އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.