މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގަވާއިދު ނަމްބަރު 2017/R (ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު) ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން 3(ތިނެއް) ސިލަބަސް ހަދައިދޭނެ ފަރާތެއް ހޯދުން.

ދިވެހިރާއްޖޭގެ ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ރާއްޖޭގައި ބަނުމުގެ ގަވާއިދު ތަންފީޒު ކުރުމަށްޓަކައި  އެގަވާއިދުގައި  ބަޔާންކޮށްފައިވާ އުޅަނދުފަހަރު  ބަންނަ  މާވަޑިންނާއި، ބޯޓު އިންސްޕެކްޓަރުން އަދި ނޭވަލް އާކިޓެކްޗަރުން ތަމްރީނުކުރުމަށްޓަކައި ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން ސިލަބަސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

        މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 16 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  މިއިޢުލާނާއި ގުޅޭ މަޢުލޫމާތު  ކަރުދާސް މިއިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

      އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 މާރިޗު 2023
ހޯދާ