ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ:331/331/2023/28(IUL)
އިޢުލާން
ނީލަންކިޔުމާއި ބެހޭ
މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއްތަކެތި ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. ނީލަން ކިޔުން އޮންނާނީ 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 ގައެވެ. އަދި ނީލަން ކިޔަން ފެށުމަށް ހަމަޖެހިފައިވަނީ މިރަށު ޕަބްލިކް ބީޗް ސަރަޙައްދުންނެވެ.
ވީމާ، މިތަކެތީގެ ނީލަމުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން، 18 މާރިޗު 2023 ވާ ހޮނިހިރު ދުވަހުގެ 13:00 އަށް ޕަބްލިކް ބީޗް ސަރަޙައްދަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ނީލަން ކިޔާތަކެތީގެ ލިސްޓާއި، ނީލަންފެށޭ އަގުތަށް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.