ދިވެހިރާއްޖެ
04 ރަމަޟާން 1444 (26 މާރިޗު 2023) ވާ އާދިއަތް ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރީލް 2023) ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިއިދާރާއިން ފިޠުރު ޒަކާތް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށެވެ. އަދި ދަންނަވަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ އަގެވެ. ނުވަތަ 2.4 ކިލޯއެވެ. ފިޠުރު ޒަކާތް ނެރުމަށް ހަމަޖެހިފައިވަނީ ގޮވާމުގެ ބާވަތްތަކުގެ ރޭޓުތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ޢާންމުކޮށްފައިވާ ރޭޓުތަކުންނެވެ. މިގޮތުން ޒަކާތް ދައްކަންޖެހޭނީ:
# |
ބާވަތް |
ފައިސާގެ އަދަދު |
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
84 ރުފިޔާ |
3 |
ރަތް ހަނޑޫ |
99 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
84 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
125 ރުފިޔާ |
7 |
އާދައިގެ ފުށް |
12 ރުފިޔާ |
8 |
އާޓާ ފުށް |
75 ރުފިޔާ |
އަދި ދަންނަވަމެވެ. ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިން ކަމުން، ޒަކާތް ދެއްކުމަށް ދުރުވާ ފަރާތްތަކުން ރޭޓުތަކަށް ބަލައި އެފަރާތަކުން ޒަކާތް ދައްކަންޖެހޭ އަދަދަށް ހަމައަށް ފައިސާ ގެނައުމަށް ހަދުމަކޮށް އަރުވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޝަޢުބާން 1444
20 މާރިޗު 2023