ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ފުނަދޫ ސްކޫލް

 

    ށ.ފުނަދޫ

   ދިވެހިރާއްޖެ.

                                    އިޢުލާން ނަންބަރ: (IUL)GS-59-B/GS-59/2023/1  

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

ބިޑް ރަޖިސްޓްރީ ކުރުން

ބީލަން ހުށައެޅުމުގެ ޝައުގުވެރިވެލައްވާ ފަރާތްތަކުން ފުނަދޫ ސްކޫލަށް ރަޖިސްޓަރ ކުރަންވާނެއެވެ.

ބީލަން ރަޖިސްޓްރީ ކުރުމަށް އިޢުލާން ކުރެވޭ ދުވަހުން ފެށިގެން  2023 އޭޕްރީލް 03 ން 2023 އޭޕްރީލް 08 އާއި ދެމެދު ތިރީގައިމިވާ ލިންކް މެދުވެރިކޮށް ފޮނުވުމަށް އެދެމެވެ. މިމުއްދަތުގެ ތެރޭގައި ބީލަން ހުށައެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެއެވެ.

ލިންކް: https://bit.ly/3Kclh5U

ރެޖިސްޓަރ ކުރުމަށް ލިންކްގައިވާ ފޯމް ފޮނުވުމަށްފަހު މިސްކޫލް ނަންބަރު 6540540 ނުވަތަ 7736363 އަށް ގުޅުއްވާ ކަށަވަރުކުރުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން

މިމަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 09 އޭޕްރީލް 2023 ވާ (އާދީއްތަ) ދުވަހު ގެ 11:00ގައި ފުނަދޫ ސްކޫލްގައެވެ.

ބިޑް ހުށައެޅުން

މިމަސައްކަތުގެ ބިޑު ހުށައެޅުން އޮންނާނީ 13 އޭޕްރީލް 2023 ވާ (ބުރާސްފަތި) ދުވަހުގެ 11:00ގައި ފުނަދޫ ސްކޫލްގައެވެ. ގަޑިޖެހުމަށް ފަހުން ހުށައަޅާ އަންދާސީ ހިސާބުތައް އަދި  ދިވެހިރާއްޖޭގައި ކަމާބެހޭ ޤާނޫނުގެ ދަށުން ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އިތުރު މައުލޫމާތު ސާފުކުރުން

ފުނަދޫ ސްކޫލް

ރެހެންދިމަގު، ފުނަދޫ، ދިވެހިރާއްޖެ.

ފޯން:  6540540

އީ-މެއިލް: admin@funadhooschool.edu.mv

 

12 ރަމަޟާން 1444

03 އޭޕްރީލް 2023

03 އޭޕްރިލް 2023
ހޯދާ