ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަ "ޑީ" ލައިސަންސް ކޯޗިން ސެޓްފިކެޓް ތަމްރީން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

މިކައުންސިލާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ، އެފް އޭ އެމް ގުޅިގެންހިންގުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ "ޑީ" ލައިސަންސް ކޯޗިން ސެޓްފިކެޓް ތަމްރީން ކޯހުގައި ބައިވެރި ވުމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 ވީމާ މިކޯހުގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރައްވައި މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލުން ލިބިލެއްވުމުގެ އިތުރުން ދިވެހި ސަރުކާރުގެ ގެޒެޓުން ލިބިލައްވާނެއެވެ.ފޯމް ހުށަހަޅުއްވާނީ ދ. މީދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ފޯމް މެއިލް ކުރައްވާނީ މިކައުންސިލްގެ މެއިލް info@dhmeedhoo.gov.mv އަށެވެ.

 ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަވަން ނުޖެހޭނެއެވެ. ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކުގެ ތެރެއިން ކައުންސިލުން ހޮވާ 2 ފަރާތަކަށް މުސާރަ ލިބޭގޮތަށް ނިއުރޭޑިއަންޓް އެކަޑަމީގެ ކޯޗުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅާ ފަރާތްތަކުގެ ޢަދަދު 20 ބައިވެރިންނަށް ވުރެ އިތުރުވާނަމަ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ 20 ބައިވެރިން ހޮވާނީ ފޯމް ހުށަހެޅި ތަރުތީބުން ކޯސް ފުރިހަމަ ކުރުމަށްފަހު ނިއުރޭޑިއަންޓް އެކަޑަމީގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިސްކަން ދީގެންނެވެ. ކޯހާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 މީގެ އިތުރުންވެސް އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން ކައުންސިލް މެމްބަރ ޢަލީ ފަހުމީ، 7357012 އަށް ގުޅުއްވައިގެން ބެނުންފުޅުވާ މަޢުލޫމާތު ހޯއްދެވޭނެއެވެ.

 

1. ކޯހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަގެޅުމުގެ ސުންގަޑި: 19 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:00.

2. ކޯސް ހިންގުމަށް ހަމަޖެހިފައިވާ ރަށް: ދ .މީދޫ

3. ކޯހުގެ މުއްދަތު: 28 އެޕްރީލް 2023 ން 2 މެއި 2023 (04 ދުވަސް)

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 އޭޕްރިލް 2023
ހޯދާ