ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައި އިމާރާތުގެ 1 ވަނަ ފްލޯރގައި އަލަށް ޤާއިމްކުރާ ލޯކަލް ބެކަޕްރޫމަށް ބޭނުންވާ ރެކާއި މެޓީރިއަލް ސަޕްލައިކޮށް، ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 12 / 2023 / އައި.ޔޫ / ޓީ - 57 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އަގު ބޮޑު ކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
https://forms.office.com/r/Bx2mdhMvuj
ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 12 އެޕްރީލް 2023 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި |
ޕްރީ ބިޑް މީޓީންގ އަދި ސައިޓް ސާވޭ |
18 އެޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ޕްރީބިޑް މީޓީންގ އަށް އަންނަ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. ނޯޓް: މިއިދާރާގެ ނަންބަރު: 12 / 2023 / އައި.ޔޫ / ޓީ - 57 އިއުލާނާ ގުޅިގެން ސައިޓް ސާރވޭއަށް ހާޒިރުވެފައިވާ ފަރާތްތައް މި އިޢުލާނާ ގުޅިގެން ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްފައިވާނަމަ، 13 އެޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އޮންނަ "ޕްރީ ބިޑް މީޓީންގ އަދި ސައިޓް ސާވޭ" އަށް ހާޒިރުވުން ލާޒިމެއް ނޫނެވެ.
|
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި
|