ދިވެހިރާއްޖެ
ނަންބަރ: ASND/GA/IUL/2023/15
މި ކުންފުނީގެ ބޭނުމަށް 4000 އަކަފޫޓާއި 5000 އަކަފޫޓާ ދެމެދުގެ އޮފީސް ޢިމާރާތެއް/ ޖާގައެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކުރެވިފައިވާނެއެވެ. މީގެ އިތުރުން މި ކުންފުނީގެ ވެބްސައިޓުންވެސް ޑައުންލޯޑުކުރެވޭނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 އޭޕްރިލް 2023 ވާ އަންގާރަ ދުވަހުގެ 12:30 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، tender@aasandha.mv އަށް ކުންފުނީގެ/ވެރިފަރާތުގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.
16 އޭޕްރީލް 2023 ވާ އާދީއްތަ ދުވަހުގެ 11:30 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް އަންދާސީ ހިސާބު ހުށަހަޅަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
06 އޭޕްރިލް 2023
ޕްރޮކިޔުމެންޓް ޔުނިޓް
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: info@aasandha.mv ވެބްސައިޓް: www.aasandha.mv ފޯން: 3011418