ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-378622

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ / ފ. ނިލަންދޫ

މުސާރަ:

މަހަކު 5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ.
  4. ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 700/- ރުފިޔާ ލިބޭނެއެވެ. 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކުރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާ ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކުރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ގޯތިންބޭރު ރުއްގަސް އިންދުމުގެ ހުއްދަ ކައުންސިލުން އެއްވެސް ފަރާތަކަށް ދީފިނަމަ، އެފަރާތަކުން އިންދާ ރުއްގަސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީގައި ކުށްނުލައި ރީތިކޮށް ލިޔެ ރަޖިސްޓްރީކުރިކަމަށް އެފަރާތަކަށް އެންގުމާއި، އެއްވެސް ފަރާތަކުން އެފަރާތުގެ ރުއްގަސް ކެނޑުމުގެ ހުއްދައަށް އެދިއްޖެނަމަ ވަގުތުން ހުއްދަ ދިނުމާއި ލަސްވެގެން 2 ދުވަހުގެ ތެރޭގައި އެކެނޑި ރުއްގަސް ރަޖިސްޓްރީން އުނިކޮށް، ރުއްގަހުގެ ރަޖިސްޓްރީ ދުވަހުން ދުވަހަށް ފުރިހަމަ ކުރަމުން ގެންދިއުން.
  4. އެއްވެސް ހާލަތަކާ ގުޅިގެން އެއްވެސް ފަރާތެއްގެ ރުއްގަހަށް ބަދަލުދޭން ޖެހިއްޖެނަމަ ރުއްގަސް ހުރި ސަރަހައްދު ބަލައި، ބަދަލަށް ހަމަޖައްސައިދެވެން ހުރިނަމަ ބަދަލު ދިނުމާއި އަދި ބަދަލަށް ނެގި ރުއްގަހުގެ މައުލޫމާތު ނަގައި ދުވަހުން ދުވަހަށް ރަޖިސްޓްރީ ފުރިހަމަކުރުން.
  5. ރަށުކައުންސިލް އިދާރާއިން ނީލަން ކިޔަންޖެހޭ ރުއްގަސް ނީލަން ކިޔުމަށްޓަކައި ކުށްނުލައި ސާދާ ޢިބާރާތުން އިޢުލާންލިޔެ އާންމުކުރުމާއި ނީލަން ކިޔާ ރުއްގަހުގެ ލިސްޓު ނަގައި ތައްޔާރުކޮށް އިއުލާނުގެ މުއްދަތު ހަމަވުމުން އާންމުކޮށްފައިވާ ސަރަހައްދަށްގޮށް ނީލަންކިޔައި ޝީޓުގައި ސޮއިކޮށް ލަސްވެގެން ނީލަން ކިޔާތާ 1 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަވާލުކުރަންޖެހޭ ސެކުޝަންތަކާ ހަވާލުކޮށް މައްސަލަ ފައިލްކުރުން.
  6. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑުބެލެހެއްޓުމާއި ރަށުގެ ތަފާސް ހިސާބު ނަގައި ބެލެހެއްޓުމާއި ރަށުގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި ރަށްވެހިނުވެ ދިރިއުޅެމުންދާ މީހުންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއެކު ޤައުމީ އިދާރާތަކުން ކަނޑައަޅާ ގޮތުގެ މަތިން އެމަޢުލޫމާތު އެއިދާރާއަކަށް ފޮނުވުމުގައި ތިރީގައިވާ ގޮތުގެމަތިން ކަންކަން ކުރުން.

ހ. އަލަށް އުފަންވާކުދިންގެ ފޫޅުމާ ފޯމު ހުށަހެޅުމުން އުފަންދުވަހުގެ ރަޖިސްޓްރީ ހެއްދުމަށް އެދޭ ފޯމް ދޫކުރުން

ށ. އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށްއެދޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމުން އައިޑީކާޑު ނަންބަރު ހޯދުމަށްޓަކައި ލަސްވެގެން ރަސްމީ 01 ގަޑީއިރުގެތެރޭގައި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށް އީމެއިލް ކުރުން

ނ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން އައިޑީކާޑު ނަންބަރު ލިބުމުން ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓާއި ރަޖިސްޓްރީ ހައްދައި އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް ކޮޕީ ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްކުރުން.

ރ. ނިލަންދޫގެ ރަށްވެއްސެއްނަމަ ވިހާމަރުވާއާއި، ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

ބ. ނިލަންދޫގައި އުފަންވާ ކުދިންގެ ރަޖިސްޓްރީ ހެއްދުމަށްފަހު އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި އުފަންވާ ކުދިންގެ ރެކޯޑު ބަލަހައްޓާފޮތަށް އަރުވައި އަދާހަމަކުރުން.

ޅ. ނިލަންދޫގައި މަރުވާ ކުދިންނާއި މީހުންގެ މަރުސާބިތު ކުރިކަމުގެ ލިޔުން ލިބުމުން އެމަޢުލޫމާތު ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި ގޭގޭގެ މީހުންގެ ރަޖިސްޓްރީން އުނިކޮށް މަރުވާ މީހުންގެ ރެކޯޑު ބަލަހައްޓާ ފޮތަށް ނަގައި އެމަޢުލޫމާތު ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން

  1. ހަލާކުވެގެން ނުވަތަ ގެއްލިގެން އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަހަޅައިފިނަމަ ލަސްވެގެން ރަސްމީ 01 ދުވަހުގެ ތެރޭގައި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި އަޞްލު ވެރިފަރާތާއި ޙަވާލުކޮށް، ކޮޕީ ފަސޭހައިން ފެންނާނެހެން ތަރުތީބުން ފައިލް ކުރުން.
  2. ނަން ބަދަލުކުރަން ހުށަހެޅުމުން ތިރީގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

ހ. ޢުމުރުން 10 އަހަރުން ދަށުގެ ކުދިންގެ ނަން ބަދަލުކުރަން ހުށަހެޅުމުން ނަން ބަދަލުކުރަން ހުށަހަޅާ ސަބަބަށް  ބެލުމަށްފަހު ބަދަލުކުރަން ހުށަހަޅާ ނަމަކީ ރަނގަޅު ނަމެއްނަމަ ހުށަހަޅާ ފުރަތަމަ ފަހަރު ލަސްވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ނަން ބަދަލުކޮށް، އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

ށ. 10 އަހަރުން މަތީގެ ކުއްޖަކު ނުވަތަ މީހަކު ނަން ބަދަލުކުރަން ހުށަހަޅައިފިނަމަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންފުރާ ނަންބަދަލުކުރާ ފޯމް ފުރިހަމަ ކުރުމަށްފަހު ނަން ބަދަލުކުރުމުން ނުކުންނާނޭ މައްސަލައެއް ނެތްނަމަ ކައުންސިލުން ކަނޑައަޅާ ފީ އެއް ދެއްކުމުން ނަން ބަދަލުކޮށް އުފަންދުވަހުގެ ރަޖިސްޓްރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހައްދައި އެލިޔުންތަކުގެ އަޞްލު ވެރިފަރާތާ ޙަވާލުކޮށް، އެމަޢުލޫމާތު ގޭގޭގެ މީހުންގެ ރަޖިސްޓްރީއާއި، އާބާދީގެ ޑާޓާ ބޭހަށް އަރުވައި ގޭގޭގެ މީހުންގެ ރަޖިސްޓްރީގެ ކޮޕީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނާއި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުމާއެކު މައްސަލަ ތަރުތީބުން ފައިލް ކުރުން.

  1. އެއްގެއިން އަނެއްގެއަށް ރަޖިސްޓްރީ ބަދަލުވުމަށް އެދި ހުށަހެޅުމުން ލަސްވެގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ގެއިން އުނިކޮށް އަލަށް ބަދަލުވާ ގޭގޭގެ މީހުންގެ ރަޖިސްޓްރީއަށް އިތުރުކޮށް  އެމަޢުލޫމާތު އަތޮޅުކައުންސިލްގެ އިދާރާއަށާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނަށާއި ހުށަހެޅި ފަރާތަށް މަޢުލޫމާތު ފޮނުވައި ލިބުނުކަން ކަށަވަރުކޮށް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލް ކުރުން.
  2. ރަށްވެހިކަން ބަދަލުކުރުމަށް އެދޭ މީހަކު ފޯމު ފުރިހަމަކޮށް ހުށަހެޅުމުން ރަށްވެހިކަން ބަދަލުކުރުމުގެ ޤާނޫނާއި ގަވައިދާ އެއްގޮތަށް މަޢުލޫމާތު ބަދަލުކުރަންޖެހޭ އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރަށްވެހިކަން ބަދަލުކުރުމާއެކު ގޭގޭގެ މީހުންގެ ރަޖިސްޓްރީ ފުރިހަމަކޮށް އެމަޢުލޫމާތު އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން. އަދި އެކަމާބެހޭ ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލްކުރުން.
  3. ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު (ބިދޭސީން ގެންގުޅޭ ދިވެހި ފަރާތްތައް އެގޭގޮތަށް) ލިޔެ ބެލެހެއްޓުން.
  4. އައިޑެންޓިޓީ ކާޑު ހެއްދުމާބެހޭ އެންމެހައި ކަންތައްތައް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ކަނޑައަޅާ އުޞޫލުތަކާއި، މިންގަނޑުތަކާ އެއްގޮތަށް ކުރިއަށް ގެންދިއުން. އަދި އައިޑީކާޑު ހެއްދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަކޮށް ދުވަހުން ދުވަހަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް އީމެއިލުން ފޮނުވައި ލިބުނުކަން ކަށަވަރުކުރުން. އަދި ކާޑުތައް ލިބުމުން ކާޑާ ޙަވާލުވުމަށް، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ކާޑުގެ ވެރިފަރާތަށް، ނުވަތަ އެކަމުގެ ޒިންމާވާ ފަރާތަށް އެންގުން.
  5. ހަމަޖެހިފައިވާ އުޞޫލުން އިދާރާ ހުޅުވައި ލެއްޕުން.
  6. ރަށުގެ މަގު ގޯޅިތަކާއި، ޕާކުފަދަ ޢާންމުތަންތަނަށް ކިޔާނެ ނަން ކައުންސިލުން ފާސްކުރާތާ ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެތަންތަނުގެ ނަންބޯޑު ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ނަންބޯޑު ނުވަތަ ނަންބޯޑުތައް ލިބުމުން ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރުން.
  7. ޤަވާޢިދު ނަމްބަރު: 2014/R-105 (ވަގުތީގޮތުން މަގު ބަންދުކުރުމާ ބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން ރަށުގެ މަގާއި، ޕާކުތަކާއި، މައިޒާން ފަދަ ތަންތަން ވަގުތީގޮތުން ބަންދުކޮށްދިނުމަށް އެދި ފޯމު ހުށަހަޅާތާ ލަސްވެގެން 3 ގަޑިއިރުތެރޭގައި ހުއްދަ ދިނުމާއި ބަންދު ބޯޑު ޙަވާލުކުރުން. އަދި ކަމާގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރުން. އަދި މަތީގައިވާފަދަ ތަނެއް ދާއިމީ ގޮތުން ހުޅުވުމާއި ބަންދުކުރުމަށް ކައުންސިލުން ނިންމެވުމުން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި އެތަނެއް ބަންދުކުރިކަން ނުވަތަ ހުޅުވިކަން ޢާންމުކޮށް އިޢުލާންކުރުން.
  8. ޤަވާޢިދު ނަމްބަރު 2014/R-111 (ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާ ބެހޭ ޤަވާޢިދާއި އުސޫލު) އާ ޚިލާފަށް، ފުރާޅުގެ ފެން މަގަށް ދާގޮތަށް ހުރި ތަންތަން މަދުގެން 2 މަހުން 1 ފަހަރު ބަލައި އިސްލާޙުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް އެންގުމުންވެސް އިސްލާޙު ނުކުރާ ތަންތަނުގެ ވެރިންގެ މައްސަލަ ޝަރީއަތަށް ހުށަހެޅުން.
  9. ޤަވާޢިދު ނަމްބަރު: 2014/R-109 (މަގުމަތި ކުނިކެހުމާ ބެހޭ ޤަވާޢިދާއި އުސޫލު) ގައިވާ ގޮތުގެމަތިން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ މަހަކު 1 ދުވަހު މަގުގޯޅިތަކާއި، އިޖުތިމާއީ ސަރަޙައްދުތައް ބަލައި ސާފުކުރަންޖެހޭ ތަނެއް ހުރިނަމަ އެތަނެއް ސާފުކުރުމަށް އެންގުމާއެކު ސާފުކުރުމަށް ދޭ މުއްދަތު ހަމަވުމުން ލަސްވެގެން ރަސްމީ 3 ދުވަހުގެ ތެރޭގައި އެންގި ތަންތަން ސާފުކުރިތޯ ބެލުމާއި ސާފުނުކުރާ ތަންތަނުގެ މަޢުލޫމާތު ސުޕަވައިޒަރާ ހިއްޞާކުރުން.
  10. ޤަވާޢިދު ނަމްބަރު: 2014/R-97 (މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމާ ބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެ މަތިން އިޢުލާނެއް ނުވަތަ އިޝްތިހާރެއް މަގުމަތީގައި ހަރުކުރުމަށް އެދި ހުށަހަޅައިފިނަމަ އެއިޢުލާނު ނުވަތަ އިޝްތިހާރަކީ މަގުމަތީގައި ހަރުކުރުމަށް އެކަށީގެންވާ އެއްޗެއްތޯ ކަށަވަރުކުރުމަށްފަހު ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި ތައްގަނޑުޖަހައި އިޢުލާނު ނުވަތަ އިޝްތިހާރު ހުށަހެޅި ފަރާތާ ޙަވާލުކުރުން.
  11. ޤަވާޢިދު ނަމްބަރު:  2014-R-99(އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗިއްސާއި އިންޖީނުނުލާ އެއްޗެތި ދުއްވުމާއި ބޭނުންކުރުމާ ބެހޭ ޤަވާޢިދާއި، މަގުމަގާއި ޢާންމު ތަންތަނުގައި ޕާކުކުރުމާއި ޕާކުކުރުމުގެ ފީ ނެގުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ ވެހިކަލްތަކުގެ ދަފްތަރެއް އެކުލަވާލައި އަދާހަމަކުރުން.
  12. ޤަވާޢިދު ނަމްބަރު: 2014/R-102 (ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާބެހޭ ޤަވާޢިދާއި އުޞޫލު) އާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން.
  13. ޤަވާޢިދު ނަމްބަރު: 2014/R-104 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން އެފަދަ ތަކެތި ނެގުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ތަކެތި ނެގުމަށް އަންގާ މުއްދަތުގައި ނުނަގާ ހުންނަ ތަކެތި ނަގައި ނައްތާލުން.
  14. ޤަވާޢިދު ނަމްބަރު: 2014/R-106 (މަގުކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ޤަވާޢިދާއި އުޞޫލު) ގައިވާ ގޮތުގެމަތިން މަގުކޮނުމަށް ނުވަތަ މަގުގައި އެއްޗެތި ވަޅުލުމުގެ ހުއްދަ ހޯދުމަށް ހުށަހެޅުމުން ފުރިހަމަކުރަންޖެހޭ އިޖުރާޢުތައް ފުރިހަމަކޮށް ލަސްވެގެން 2 ގަޑިއިރުގެ ތެރޭގައި އެކަމުގެ ހުއްދައާއި ބޯޑު ޙަވާލުކުރުން. އަދި ބޯޑު އަނބުރާ ގެނައުމުން ބޯޑަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި ގެއްލުމެއް ލިބިފައި ނުވާނަމަ ބޯޑާ ޙަވާލުވެ ރައްކާކުރުން. ބޯޑަށް ގެއްލުމެއް ލިބިފައިވާނަމަ އުޞޫލުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުއެޅުން.
  15. ޤަވާޢިދު ނަމްބަރު: 2013/R-107 (ގޭގެއިން މަގުހުރަހަށް ދަނޑި، ހޮޅި، ވާ، ޓިނުފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވާޢިދާއި އުޞޫލު) އާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި ތަކުރާރުކޮށް ކުށްކުރާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުން.
  16. މަގުގޯޅިތަކާއި ބަނދަރާއި އިޖުތިމާޢީ ސަރަޙައްދު ތަކުގައި ޖަހާފައިވާ މަގުބައްތިތައް ދިއްލިފައި ހުރޭތޯ ބެލުމުގެ ގޮތުން ރަށް 4 ސަރަޙައްދަކަށް ބަހާލައި ހަފްތާއަކު ސަރަޙައްދެއް ބަލައި ނުދިލޭ ބައްތިތަކުގެ މައުލޫމާތު އަދި އެއްވެސް ބައްތިއެއް ނުދިލި ހުރިކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެމަޢުލޫމާތު އަދި ބައްތި ދަނޑިއެއް މަރާމާތު ކުރަން ޖެހިފައިވާނަމަ އެކަންވެސް ޖެހިގެން އަންނަ ރަސްމީ ފުރަތަމަ ދުވަހު ސުޕަވައިޒަރާ ހިއްޞާކުރުން.
  17. މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ކޮންމެ އަހަރަކު 2 ފަހަރު ރަށުތެރެ ސާފުކުރުމުގެ ޕޮރުގްރާމެއް ދާއިރާތަކާ ގުޅިގެން ހިންގުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް އަދާހަމަކުރުން. އަދި ހުވަނީގެ އުދަނގޫވެގެން އާންމު އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅައިފިނަމަ ސުޕަވައިޒަރަށް މަޢުލޫމާތުދީ ކައުންސިލުން ހަމަޖައްސާ އުޞޫލެއްގެ މަތިން ބޭސްޖެހުމުގެ އިންތިޒާމު ހަމަޖެއްސުން. އަދި ގޯތިންބޭރު ސަރަޙައްދު ތަކުގައި ހުވަނި ގިނަވެ އާލާވަމުންދާނަމަ އެކަމުގެ މަޢުލޫމާތު ދިނުމާއި، ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ބޭސްޖެހުމުގެ އިންތިޒާމު ހަމަޖެއްސުން.
  18. ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާނޭ، މުނިސިޕަލް ސަރވިސަސް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  19. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.
  20. މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިޔުންތަކަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.
  21. މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  2. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިޔުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަން، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑީޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަން، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް.

މަޤާމަށް ކަނޑައަޅާފައިވާ ހުރިހާ ތަޢުލީމީ ރޮނގު ތަކަކީ ޕްރިފަރޑް ޑިސިޕްލިންގެ ގޮތުގައި ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކެކެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  1. އެޑްމިނިސްޓްރޭޝަން      02. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އެޕްރީލް 17 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@faafnilandhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2023 އެޕްރީލް 26 އާއި 30 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ info@faafnilandhoo.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 އޭޕްރިލް 2023
ހޯދާ