ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

މަޤާމް:

ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-378591

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ/ ފ. ނިލަންދޫ

މުސާރަ:

5,610/- ރުފިޔާ

ސަރވިސް އެލަވަންސް:

2,000/- ރުފިޔާ

އެހެނިހެން އެލަވަންސް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700ރުފިޔާ ( މަހަކު )

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.

ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން، ރަށުކައުންސިލް އިދާރާގެ ބަޖެޓް ފައިސާގެ ކަންތައްތައް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ސާރކިއުލަރތަކާއި ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ގައިޑުލައިންތަކާ އެއްގޮތަށް ދުވަހުން ދުވަހަށް ފުރިހަމަކޮށް ބެލެހެއްޓުން.

ހ. މިއިދާރާގެ ބަޖެޓުން ޚަރަދުކުރުމަށް ސަރުކާރުންދޭ ފައިސާ ލިބުމުން މަހުންމަހަށް ސިސްޓަމުން ރިލީޒް ކުރުމާއި، ސިސްޓަމުން ރިލީޒްކުރާ ފައިސާގެ ހިސާބުތަކާއި ބަޖެޓުން ޚަރަދުކުރާ ފައިސާގެ ހިސާބުތައް ފުރިހަމަކޮށް ބެލެހެއްޓުން.

ށ. ކޮންމެ މީލާދީ މަހެއްގެ 25 ވަނަ ދުވަހުގެ ނިޔަލަށް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ދޭންޖެހޭ ފައިސާގެ ހިސާބުތައް ތައްޔާރުކޮށް މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރުމަށް ފޮނުވައި މުސާރައިގެ ބަޔާން ތައްޔާރުކޮށް މުވައްޒަފުންނާ ޙަވާލުކުރުން. އަދި މުވައްޒަފުންގެ މުސާރައިން އުނިކުރާގޮތަށް ބައިވެރިވެފައިވާ އެކިއެކި ސްކީމުތަކަށް ޖަމާކުރަންޖެހޭ ފައިސާ މަސްނިމުމުގެ ކުރިން ސްކީމުތަކަށް ޖަމާކުރުމަށް ފޮނުވައި ލިޔުންތައް ރައްކާތެރިކަމާއެކު ފައިލުކުރުން.

ށ. ކައުންސިލްގެ ބަޖެޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނަގައި، ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކުރުން. އަދި ކަމާގުޅޭ ލިޔެކިޔުންތައް ތަރުތީބުން ރައްކާތެރިކަމާއެކު ފައިލުކުރުން.

 

2.

ޤައުމީ އިދާރާތަކަށް ފޮނުވުމަށް ލިބޭ ފައިސާ ބަލައިގަނެ ދުވަހުން ދުވަހަށް ހިސާބުތަކަށް ނެގުން. އަދި އެފައިސާގެ ތަފްޞީލް ހިސާބާއެކު ލަސްވެގެން މަހަކު 1 (އެކެއް) ފަހަރު ފޮނުވަންޖެހޭ ފަރާތްކަށް ފޮނުވައި ލިބުނުކަން ކަށަވަރުކޮށް ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލުކުރުން.

 

3.

ރަށުކައުންސިލް އިދާރާގެ ތިޖޫރީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި ތިޖޫރީގެ ހަފްތާގެ ރިޕޯޓް ޖެހިގެން އަންނަ ރަސްމީ ފުރަތަމަ ދުވަހު އަދި މަސްދުވަހުގެ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތުތަކަށް ތައްޔާރުކޮށް ބެލެހެއްޓުން.

 

4.

ރަށުކައުންސިލްގެ އާމްދަނީއާއި ޚަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، މިނިސްޓްރީ އޮފް ފިނޭންސާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ގައިޑުލައިނާ އެއްގޮތަށް ތައްޔާރުކޮށް، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 މަސްދުވަހުގެ ތެރޭގައި އަތޮޅު ކައުންސިލަށް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން.

 

5.

ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭނަށް ބިނާކޮށް ކުރިއަށްއޮތް އަހަރުގެ ކައުންސިލްގެ އާމްދަނީ ބަޖެޓް ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން.

 

6.

ފިޠުރުޒަކާތް ބަލައިގަނެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގަވާ ގޮތެއްގެމަތިން ޒަކާތް ބެހުމުގެ މަސައްކަތްކުރުން. އަދި އިސްލާމިކް މިނިސްޓްރީން ފޮނުވާ މުދަލު ޒަކާތުގެ ފައިސާ އެމިނިސްޓްރީން އަންގަވާ ފަރާތްތަކާ ޙަވާލުކޮށް ލަސްވެގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީއަށް ރިޕޯޓް ފޮނުވައި ލިބުނުކަން ކަށަވަރުކުރުން.

 

7.

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން ހުޅުވާލުމުން އެކަމަށް އެދިހުށަހަޅާ ފަރާތްތަކުގެ ފޯމުތައް ޗެކުކޮށް އިސްލާމިކް އެފެއާޒުން ކަނޑައަޅާ މުއްދަތަކަށް ޖެމްސްއިން ފޮނުވުމަށްފަހު ފޯމުގެ އަސްލުތައްވެސް އެމިނިސްޓްރީއަށް ފޮނުވައި ލިބުނުކަން ކަށަވަރުކޮށް ކޮޕީތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލުކުރުން.

 

8.

ދައުލަތުގެ މުވައްސަސާތަކާއި ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ، ވަޒީފާ ބަޔާނާ ގުޅުންހުރި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

9.

ޢާންމު ބޭނުމަށްޓަކައި ކޮންމެހެން ނަގަންޖެހިގެން ދައުލަތުގެ ނުވަތަ ކައުންސިލްގެ ބޭނުމަށް ނަގާ، މީހުންގެ އަމިއްލަ ބިންތަކާއި މުދަލަށް ފައިސާ ދޫކުރަން އެންގުމުން ޤާނޫނާއެއްގޮތްވާ ގޮތުގެ މަތިން ފައިސާ ޙަވާލުކުރަންޖެހޭ ފަރާތްތަކާ ޙަވާލުކޮށް ލިޔެކިޔުންތައް ފަސޭހައިން ފެންނާނޭހެން ތަރުތީބުން ފައިލުކުރުން.

 

10.

މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިޔާ ސިޓީ، މެސެޖު، ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވައި، މަދުވެގެން ހަފްތާއަކު އެއްފަހަރު ތަރުތީބުން ފައިލްކުރުން.

 

11.

މުވައްޒަފުގެ މަސައްކަތާ ގުޅޭގޮތުން ލިބޭ ސިޓީ، މެސެޖު، ފަދަ ތަކެތީގެ ތެރެއިން މަޝްވަރާ ނުހޯދައި ޖަވާބުދެވެން ހުންނަ ލިޔުންތަކަށް ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބު ދިނުމާއި، މަޝްވަރާ ހޯދަންޖެހޭ ލިޔުންތައް މަޝްވަރާ ކުރުމަށްޓަކައި ޔުނިޓުގެ ސުޕަވައިޒަރާ ދުވަހުން ދުވަހަށް ހަވާލުކުރުން. އަދި މަޝްވަރާ ލިބުމުން އެފަދަ މައްސަލަތަކަށްވެސް ލަސްވެގެން 3 (ތިނެއް) ދުވަހުގެ ތެރޭގައި ޖަވާބު ދިނުން.

 

12.

މުވައްޒަފުގެ މަސައްކަތަކާ ގުޅޭގޮތުން އެކި ފަރާތްތަކުން ކައުންސިލަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ވަކި މުއްދަތެއްގެ ތެރޭގައި ޖަވާބު ހޯދުމަށް ފޮނުވާ ލިޔުންތަކަށް މުއްދަތުގައި ޖަވާބުދިނުން. އަދި ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވާ ލިޔުންތަކުގެ ތެރެއިން ޖަވާބު ނުލިބި ލަސްވާ ލިޔުންތަކަށް ޖަވާބު ހޯދުމަށް މަދުވެގެން މަހަކު އެއްފަހަރު ލިޔުން ފޮނުވުން.

 

13.

ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.

 

14.

ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤަ އުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.
  2. މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ފައިނޭންސް،

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

01. ފައިނޭންސް      02. އެކައުންޓިންގ

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. އަސާސީ ޝަރުތު ހަމަވުން 30%
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު 5%
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް. 5%
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ. 5%
  5. އެސެސްމަންޓް (އިމްތިހާނު ނުވަތަ ޕްރެކްޓިކަލް) 20%
  6. އިންޓަރވިއު 35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2023 އެޕްރީލް 17 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް info@faafnilandhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު/ޕްރެކްޓިކަލް އޮންނާނީ، 2023 އެޕްރީލް 26 އާއި 30 އާ ދެމެދު، ފ. ނިލަންދޫ ކައުންސިލްގެ އިދާރާގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740016 އަށެވެ. އީ-މެއިލް ކުރާނީ info@faafnilandhoo.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމަންޓް އުޞޫލު" (https://csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 އޭޕްރިލް 2023
ހޯދާ