ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމުއައްސަސާގެ ލ.ގަން ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 5 ވެހިކަލް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- މިމުއައްސަސާގެ ލ.ގަން ޕޮލިސް ސްޓޭޝަންގައި ބޭނުންކޮށްފައިވާ 5 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ކުރެވުނު މި މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2023/021 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް finance.asset@police.gov.mv އަށް މެއިލްކޮށް އަދި an_C1811@police.gov.mv އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 އޭޕްރިލް 16 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2023 އޭޕްރިލް 17 ވަނަ ދުވަހުގެ 10:00ގައި ލ.ގަން ޕޮލިސް ސްޓޭޝަންގައެވެ.
- ނީލަން ކިއުން އޮންނާނީ 2023 އޭޕްރިލް 18 ދުވަހުގެ 11:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
11 އޭޕްރިލް 2023
ހޯދާ