ދިވެހިރާއްޖެ
ށ. އަތޮޅު ތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ އިޢުލާން ނަންބަރ: 01/GS09/2023
ބީލަން ހުށަހެޅުމުގެ ދަޢުވަތު
* މި ސްކޫލްގެ ދަރިވަރުންގެ އެކްޓިވީ ޔުނީފޯމް މިސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 އޭޕްރީލް 2023 ން 19 އޭޕްރީލް 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
* މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 އޭޕްރީލް 2023 ވަނަދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިމަރުކަޒަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
* މިމަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 20 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ.
* ބިޑް ހުޅުވުން އޮންނާނީ 24 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެހެނދުނު 11:00 ގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
* ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ، އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.
* މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބެންހުންނާނެއެވެ.
* ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ށ. އަތޮޅު ތަޢުލީމީ މަރުކަޒު
- ފޯން: 6540062
- އީ-މެއިލް:admin@shaec.edu.mv