މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް

މިސްކިތު މަސައްކަތު މީހުންގެ ޕޫލް އެކުލަވާލުމަށް

މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމްގެ މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.

މަޤާމް :

މަސައްކަތު (ވޭޖްޕޫލް)

ބޭނުންވާ ޢަދަދު :

03

މަޤާމުގެ ބާވަތްތާއި  މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް

ވަޒީފާ އަދާ ކުރަންޖެހޭ ތަން : 

ކ. ތުލުސްދޫގެ 2 މިސްކިތް (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި)

މަސައްކަތުގެ އުޖޫރަ:

މަސައްކަތް ކުރާ ގަޑިއަކަށް -/45 ރުފިޔާ (މަސައްކަތުގެ އުޖޫރަކަނޑައެޅިފައިވާނީ މިސްކިތު މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ނަމާދު ވަގުތައް ކަމަށްބަލައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް.)

މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަން ކިޔަންދަންނަ މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކު ކަމުގައިވުން
  2. (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓް ކުރިން މިސްކިތަށްގޮސް، ނަމާދުކުރެވޭގޮތަށް މިސްކިތް ސާފުކޮށް ތައްޔާރުކުރުން
  2. ސްޕަވައިޒަރ އަންގަވާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާއާއި އިސްކުރުބަރި ލެވިފައިވާ މިސްކަތްތަކުގައި އެތަންތަންދޮވެ ސާފުކޮށް ބެލެހެއްޓުމާއި، މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެންހުންނަ މަގުތަކުގެ މިސްކިތާއިވީފަޅި ކުނިކެހުމާއި، ވިނަނޮޅުމާއި، އަދި ހިނަވާގެ ސާފްކޮށް ކުނިއުކާލުމުގެ މަސައްކަތްކުރުން
  3. ސްޕަވަވައިޒަރ އަންގާގޮތެއްގެމަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ދޮރުތަކާއި، ހޮޅިބުރި، ފަންކާ، އޭސީ އަދި ކަބަޑުތައް ފޮޅާސާފުކުރުން. އަދި ފަންކާތަކާއި ހޮޅިބުރިތަކާއި ބޮކިތައް ދިއްލާ ނިއްވުން. އެސީ ހަމަޖައްސާފައި އޮންނަ އުޞޫލަކުން ދިއްލުމާއި ނިއްވުމާއި އެއަރކޯން ޖެއްސުމާއި ނިއްވުން
  4. މިސްކިތަށް ލިބެމުންދާ ގެއްލުންތައް ޤަވާއިދުން ސްޕަވައިޒަރަށް އަންގަމުން ގެންދިއުން
  5. ސްޕަވައިޒަރ ހަމަޖައްސާގޮތެއްގެ މަތީން މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތައްކޮށާ ގަސްތަކަށްފެންދީ ބެލެހެއްޓުން    
  6. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ހިދުމަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން  
  7. މީގެއިތުރުންވެސް މިސްކިތާއިގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންކަން ކުރުން
  8. މިސްކިތުގައި ދީނީ ނަސޭހަތް ދިނުމަށް އިންތިޒާމްކޮށްގެން ބާއްވާ ޕްރޮގްރާމްތަކަށް އެހީތެރިވުމާއި އެފަދަ ޕްރޮގްރާމްތަކަށް މިސްކިތް ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-  ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް.

2-   ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު)

3-   ވަޒީފާއަށްއެދޭ ފަރާތުގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ

4-  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

5-   މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-     ވަގުތަށް ނަމާދަށް ދާ މީހުން.

2-     މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

3-     ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޭޕްރިލް 19 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  info@thulusdhoo.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޭޕްރިލް 20 އާއި 2023 މެއި 04 އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ(ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183  އަށެވެ. އީ-މެއިލް ކުރާނީ info@thulusdhoo.gov.mv  އަށެވެ

 

12 އޭޕްރިލް 2023
ހޯދާ