ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ
ނަމްބަރ:IUL-303-BF/303/2023/02
އިޢުލާން
ފައިސާ ބަލައިގަތުމާއި ގުޅޭ
މިކައުންސިލުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:15 ން 11:30 އަށް ކަމުގައި އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ވީމާ، ކައުންސިލަށް ދައްކަވަންޖެހޭ އެންމެހާ ފީތަކާއި އެހެނިހެން ފައިސާ ދެއްކެވުމަށް ވަޑައިގަންނަވާއިރު މަތީގައިވާ ދުވަސްތަކާއި ގަޑިތަކަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. ބައެއް ފީތަކަކީ މުއްދަތު ކަނޑައެޅިފައިވާ ފީތަކަކަށްވާތީ، ފައިސާ ދެއްކެވުމުގައި ކައުންސިލުން ފައިސާ ބަލައިގަތުމަށް ކަނޑައަޅާފައިވާ ދުވަސްތަކަށް ސަމާލުކަންދެއްވާ، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިއަށް ފައިސާ ދެއްކެވުމަށް ހަނދުމަފުޅު ބެހެއްޓެވުމަށް ދަންނަވަމެވެ.
ތިރީގައި އެވަނީ މިއިދާރާއިން ބަލައިގަންނަ ފައިސާގެ ތަފްސީލާއި، ފައިސާ ޖަމާކުރައްވާނަމަ ޖަމާކުރައްވާނެ އެކައުންޓް ނަމްބަރުތަކުގެ ތަފްސީލެވެ.
# |
|
އެކައުންޓް ނަމްބަރ |
އެކައުންޓް ނަން |
1 |
ބިމުކުލި، ކުނިފީ، ރައްޔިތުންގެ ރުއްތަކުން ލިބޭ ފައިސާ، އުފަންދުވަހުގެ ސެޓްފިކެޓާއި ގުޅިގެން ދައްކަވަން ޖެހޭ ފައިސާ، އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ގުޅިގެން ދައްކަވަންޖެހޭ ފައިސާ، ނީލަމް ފައިސާ، |
7717700465001 |
1344 ރެވެނިއު 1 |
2 |
އުޅަނދުފަހަރުގެ ސެޓްފިކެޓްގެ ފައިސާ، |
7717700465002 |
1344 ރެވެނިއު 2 |
ފައިސާ ޖަމާކުރައްވާނަމަ ގުޅުންހުރި އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު ކައުންސިލްގެ ވައިބަރ ނަމްބަރަށް (9318970) ސްލިޕް ވައިބަރ ނުވަތަ finance@ungoofaaru.gov.mv އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.
20 ރަމަޟާން 1444
11 އޭޕްރީލް 2023