މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ 70 (ހަތްދިހަ) އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހަށް ގަންނަން ބޭނުންވާ 70 (ހަތްދިހަ) އޮފީސް ގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2023/13 (21 ފެބްރުވަރީ 2023) އިޢުލާނަށް އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުން، އިއުލާނާއެކު ފޯރުކޮށްދެވުުނު މަޢުލޫމާތާއި އަދި މި އޮފީހުން ދެއްކުނު  ސާމްޕަލް ގޮނޑިއާއި އެއްފެންވަރުގެ ގޮނޑިއެއް ސަޕްލައިކޮށްދިނުމަށް އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ،  ނަންބަރު (IUL)14-PR/1/2023/13 (21 ފެބްރުވަރީ 2023) އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާންކުރަމެވެ.

ވީމާ، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތިން ގޮނޑި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 26 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 އޭޕްރިލް 2023 ވާ އާދީއްތަ ދުވަހުގެ :13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށާއި އަދި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ މެއިލް (procurement@customs.gov.mv) އަށް 26 އޭޕްރީލް 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334172 އަށް ގުޅުއްވުން އެދެމެވެ.

18 އޭޕްރިލް 2023
ހޯދާ