މަޤާމުގެ ނަން:
|
ގްރެފިކްސް ޑިޒައިނަރ
|
ރޭންކް:
|
MS1/B
|
ސެކްޝަން/ޑިޕާޓްމަންޓް
|
މީޑިއާ އެންޑް ކޮމިއުނިކޭޝަން ސެކްޝަން
|
ބޭނުންވާ ޢަދަދު:
|
1
|
ތަޢުލީމާއި ތަޖުރިބާ:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިވާ ކަންކަމަށް އިސްކަންދެވޭނެއެވެ.
- ކޮމްޕިޔުޓަރ ގްރެފިކްސް އެޕްލިކޭޝަންސް ބޭނުންކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން. (ޚާއްޞަކޮށް ތާނަ ޓައިޕްކުރަން އެނގުން)
- ކޮރަލްޑްރޯ، ފޮޓޯޝޮފް، އިލަސްޓްރޭޓަރ، އިން ޑިޒައިން، އާފްޓަރ އިފެކްސް ފަދަ ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.
- އޮޓޯޑެސްކް ތްރީޑީ މެކްސް، އޮޓޯޑެސްކް މާޔާ ނުވަތަ ބްލެންޑަރ ފަދަ ތްރީޑީ އެޕްލިކޭޝަން ސޮފްޓްވެއަރގައި މަސައްކަތްކުރަން އެނގުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- އޮފީހަށް ބޭނުންތަކަށް ޑިޒައިން ކުރަންޖެހޭ ތަކެތި ޑިޒައިންކުރުމާއި، އިވެންޓްތަކަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން
- ޢާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ ޕޯސްޓަރތައް ޑިޒައިންކުރުމާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފޮތް/ ޕޯސްޓަރު/ ލީފްލެޓް/ ވީޑިއޯ ފަދަ މެޑީރިއަލްސް ކޮލިޓީކޮށް ތައްޔާރުކުރުން
- އޮފީހަށުން ހިންގާ އެކިއެކި އިވެންޓްތަކަށް އިންވިޓޭޝަން ކާޑާއި/ ބެނަރ ފަދަ ތަކެތި ތައްޔާރުކުރުން
- މީޓިންގ، އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ ނެގުމާއި، އެފޮޓޯތައް އެޑިޓްކުރުމާއި އިވެންޓްތަކުގެ ވީޑިއޯ ނެގުމާއި އެވީޑިއޯތައް އެޑިކޮށް އެތަކެތި ރައްކާކުރުން
- ފޮޓޯގްރެފި، ވީޑީއޯގްރެފީ އަދި ކޮންޕިއުޓަރ އެއިޑެޑް ޑިޒައިން ފަދަ މަޤާމާ ގުޅުންހުރި ހުނަރުތައް ބޭނުންކޮށްގެން ޕްރެޒެންޓޭޝަންތަކާއި ވީޑިއޯ ތައްޔާރުކުރުން
- ފޮޓޯގްރެފީ، 2ޑީ އަދި 3ޑީ އެނިމޭޝަންތައް ތައްޔާރުކުރުން
- ސޯޝަލް މީޑިއާ (ފޭސްބުކް، ޓުވިޓަރ، އިންސްޓަރގްރާމް) އަދި ވެބްސައިޓްއަށް ބޭނުންވާ ވީޑިއޯ، ޕޯސްޓަރ، ބެނަރ ފަދަތަކެތި ތައްޔާރުކުރުން
- އޮފީހުގެ ސައިންބޯޑުތަކާއި އެހެނިހެން ސައިންބޯޑުތައް ޑިޒައިންކޮށްތައްޔާރުކުރުން
- މީޑިއާ ޔުނިޓުގެ އެހެނިހެން މަސައްކަތްތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކުރުން
|
އުޖޫރަ:
|
- މަހަކު 9,550 ރުފިޔާ
|
އެލަވަންސް/އިނާޔަތްތައް:
|
- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 200 ރުފިޔާ
- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500 ރުފިޔާ
- އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެ
|
ސުންގަޑި:
|
24 އޭޕްރީލް 2023 އިން 04 މޭ 2023 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 އަށް.
|
ވަޒީފާއަށް އެޕްލިކޭޝަން ފޯމް ހުށަހެޅުން އަދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅަންވާނީ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި އޮންލައިން ފޯމާއެކު ތިރީގައިވާ ލިޔެކިޔުންތައް ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައި އެޓޭޗްކުރަންވާނެއެވެ.
https://majlis.gov.mv/apply
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ޖީ.ސީ.އީ އޯލެވެލް އަދި ޖީ.ސީ.އީ އޭލެވެލް ސެޓްފިކެޓްތަކުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ނިންމިކަމުގެ ލިޔުން (އެކްރެޑިޓްކޮށްފައި)
- ތަޖުރިބާ ދަލީލުކޮށްދޭ ވަޒީފާ އަދާކުރާފަރާތުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓް ތަކުގެ ކޮޕީ
- މަޤާމުގެ މަސްއޫލިއްޔަތުގެ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ޕޯޓްފޯލިއޯ
|