ދިވެހިރާއްޖެ
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް އުފުއްޔެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)425-CB/1/2014/240 (30 ޑިސެންބަރު 2014) އިޢުލާނާ ގުޅިގެން އަގު ހުށަހެޅުމަށް ހާޒިރުވި ފަރާތްތަކުގެ އަދަދު މަދުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތާރީޚު |
ތަން |
ގަޑި |
ދުވަސް |
މަޢުލޫމާތު ސާފުކުރެއްވުމަށް |
20 ޖަނަވަރީ 2015 |
މާލޭ ސިޓީ ހޯލް |
14:00 |
އަންގާރަ |
އަގު ހުށަހެޅުއްވުމަށް |
26 ޖަނަވަރީ 2015 |
މާލޭ ސިޓީ ހޯލް |
11:30 |
ހޯމަ |
އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.
24 ރަބީޢުލްއައްވަލް 1436