މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްތައް އަލުން ފެށުމާއިގުޅޭ

                              މިއިދާރާގެ ފަރާތުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންއާއިގުޅޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ބޭނުންވާ ލައިސަންސްގެ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެގޮތުން އަލަށް ތައްޔާރު ކުރެވުނު ސޮފްޓްވެއަރގެ ޚިދުމަތް ފެށުމުގެކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަން މަސައްކަތް ކުރުމަށްޓަކާ، 30 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން އެމަސައްކަތްވަނީ މެދުކަނޑާލެވިފައެވެ. އަދި މިދެންނެވި ސޮފްޓްވެއަރގެ މަސައްކަތް ނިމި، އެއްގަމު ލައިސަންސް އާއިގުޅޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖެހި ނިމިފައިވާތީ، 24 އެޕްރީލް 2023 ވަނަ ދުވަހުން ފެށިގެން މިއިދާރާގެ ފަރާތުން އެޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވާކަން އާއްމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ. މިއިޢްލާނާއެކު އޮންލައިންކޮށް އެއްގަމު ލައިސަންސަށްއެދޭ ގޮތުގެ މައުލޫމާތު އާއްމު ކުރީމެވެ. މީގެ އިތުރުން މިއިދާރާ މެދުވެރިކޮށްވެސް އޮންލައިންކޮށް އެއްގަމު ލައިސަންސްއާއިގުޅޭ ޚިދުމަތްތައް ފޯރުކޮށްދެމުންގެންދެވޭނެ ވާހަކަ ދެންނެވީމެވެ.

                              29 ރަމަޝާން 1444

20 އޭޕްރިލް 2023
ހޯދާ