ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ބޭނުން ކުރަމުންދާ 100 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ނީލަމުގައި ވިއްކާލުން

އެސްޓީއޯ އިން މުދާ އުފުލުމަށް ބޭނުން ކުރަމުންގެންދާ ތިރީގައި ދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

  •     ދޯނީގެ ތަފްޞީލް

ދޯނީގެ ނަން

ކަޅިހި

ދިގުމިން

30.48 މީޓަރު ( 100 ފޫޓު)

ފުޅާމިން

10.06 މީޓަރު (33 ފޫޓ)

ފުންމިން

3.60 މީޓަރު ( 11 ފޫޓު)

ގްރޮސްޓަނޭޖް

51.320

ރަޖިސްޓްރީ ނަންބަރ

C3690B-03-10-T

މައުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބައްލަވާލެއްވުމަށް

ނީލަމުގައި ދޯނިބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.

  • ނީލަން ފެށޭ އަގަކީ  1،000،000ރ ( އެއްމިލިއަން ރުފިޔާ)

ދޯނީގެ ނީލަމަށް މަދުވެގެން ހުށަހެޅޭނީ، ނީލަން ފެށޭއަގުން ފެށިގެން 1000ރ ( އެއްހާސް ރުފިޔާ) އެވެ.

  • ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާނީ 10 މެއި 2023 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީސް ގެ ރިސެޕްޝަންއަށް ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައި، ބަންދުކުރެވިފައިވާ ސިޓީއުރައިގަ ހުށަހަޅާ ފަރާތުގެ ވަނަވަރު އަދި އިއުލާނު ނަންބަރު ޖައްސަވާފައެވެ. ބިޑް ކަރުދާސް ކަނޑާ އަގު އިއުލާންކުރާނީ 11 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އެސްޓީއޯ ހެޑްއޮފީހުގައި އަގު ކަރުދާސް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

  • އަގު ކަރުދާސް އިއުލާންކުރާއިރު ހާޒިރުނުވާ ފަރާތްތަކުގެ ބިޑްކަރުދާސް ބާތިލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

03 މޭ 2023
ހޯދާ