މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޟަރޫރީ ބޭނުންތަކަށް ވެލި ނެގުމާއު ގުޅޭ

                ތިރީގައިމިވާ ތަންތަނުން، މިރަށުގެ ރައްޔިތުންގެ ޟަރޫރީ ބޭނުމަށް ވެލިނެގުމުގެ ހުއްދަ ވަނީލިބިފައެވެ.

     ބ.ވިނިގިލި ފަޅު (5.066045،72.848847)

     ބ.ކެޔޮފެންގަލި ފަޅު (5.095531،72.885754)

                  ވީމާ މިމަސައްކަތް ކުރުމުގައި އަންނަނިވި ގޮތައް ޢަމަލު ކުރެއްވުމަށް އަންގަމެވެ.

  1. ވެލި ނެގުމުގައި އެއްވެސް ކަހަލަ މެޝިނަރީއެއް ބޭނުން ނުކުރުން ( މެޝިނަރީ ތެރޭގައި ސޭންޑް ޕަންޕު، އެކްސަކަވޭޓަރފަދަ މެޝިނެރީޒް ހިމެނޭ)
  2. ރަށުގެ ގޮޑުދޮށުން ފެށިގެން 50 މީޓަރ ކައިރިން ވެލި ނުނެގުން
  3. ފަރުން ފެށިގެން 100 މީޓަރު އެތެރެއިން ވެލި ނުނެގުން
  4. އެއްވެސް ހިކިފަސް ސަރަޙައްދަކުން ވެލި ނުނެގުން. އަދި މިފަދަ ހިކިފަސް ސަރަޙައްދެއް ފަޅުގައި އޮތްނަމަ، ހިކިދިޔާގައި، އެތަނަކާއި 50 މީޓަރު ދުރުން، ފަޅުތެރެއިން ވެލިނެގުން.

               ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

03 މޭ 2023
ހޯދާ