ދިވެހިރާއްޖެ
ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގުމުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ މައިގަނޑު މަޤްސަދަކީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމުގެ އަސާސް ތަކަށް އާއްމުން ހޭލުންތެރި ކުރުވުމުގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހިންގަމުންދާ ހަރަކާތްތަކަށް ޢާއްމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމެވެ.
އެހެންކަމުން މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިނިސްޓްރީ އޮފް އންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ތަޖުރިބާ އާއި ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާގެ އިތުރުން މަސައްކަތް ކުރުމަށް ހުށަހަޅާ އެކްސްޕަރޓުންގެ ޓީމެގެ މަޢުލޫމާތު) ޓީ.އޯ.އާރް ގެ 11ވަނަ ނަންބަރުގައިވާ (އިވެލުއޭޝަން ކްރައިޓީރިއާގައި ވާ ގޮތައް) ހުށަހަޅަން ވާނެއެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 09މެއި 2023 ވާ އަންގާރަ ދުވަހުގެ 13:30 ކުރިން އީމެއިލްގެ ޒަރިއްޔާއިން waste@environment.gov.mv އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުންއެދެމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް ( ޓީ. އޯ . އާރް) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. މި މަސައްކަތަށް ޕްރޮޕޯޒަލް އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި ތިރީގައިވާގޮތަށް ސުރުހީގެ ނަން ލިޔުއްވުމަށް ދަންނަވަމެވެ.
“Expression of Interest – Consultancy to Develop and Implement Information, Education & Communication (IEC) Campaign for Solid Waste Management (SWM) in the Maldives
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންގް އެންޑް ޓެކްނޯލޮޖީ
އެން.ސީ.އައި.ޓީ ބިލްޑިންގ
ކަލާފާނު ހިނގުން / މާފަންނު / މާލެ
އީމެއިލް އެޑްރެސް: waste@environment.gov.mv
ނަންބަރު: +960 3018451