އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތު ފުރާޅުން ފެންލީކުވާ މައްސަލަ ހައްލުކުރުން

އިޢުލާން

 

ހުކުރު މިސްކިތު ފުރާޅުން ފެންލީކުވާ މައްސަލަ ހައްލުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ

 

       މިރަށު ހުކުރު މިސްކިތު ސީލިންގ އިން ފެންލީކުވާ މައްސަލަ ހައްލުކުރުމަށް، މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

މިމަސައްކަތް ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު

  • ފުރާޅުމަތިން ފެންއެޅޭ ކޮންކްރީޓްގަނޑު އެއްކޮށް ފައިބަރު ކުރުން (450g ގެ 2 ކެހެރި އަދި 600g ގެ 1 ސަޓާ)
  • ފައިބަރު ކުރުމަށްފަހު 2 ޖެލްކޯޑު ޖެހުން (ފުރަތަމަ ލިކުއިޑް ވެކްސް ނާޅާ އަދި ފަހު ކޯޑު ލިކުއިޑް ވެކްސް އަޅައިގެން)
  • ފުރަތަމަ ކޮންކްރީޓް ޝީޓު ރަނގަޅަށް ދޮވެ ސާފުކުރުން (ފައިބަރު ޖެހުމުގެ ކުރިން)
  • ފައިބަރު ކުރުމަށް ބޭނުންވާ ޝީޓުގެ ބަނޑިތައް ފިލާވަރަށް ރީއްޗަށް ގާނާ އެއްވަރުކުރުން
  • ކޮންކްރީޓް ޝީޓުގެ ވަށައިގެންވާ ފާރުތަކުން 1 (އެކެއް) ފޫޓު އުސްމިނަށް ފައިބަރު ޝީޓު އެރުވުން
  • ފާރުތަކުން ފައިބަރު ޖެހުމަށް ބޭނުންވާ ސަރަހައްދުގެ ކުލަކަހާ ދޮވެ ސާފުކުރުން
  • ފައިބަރުގަނޑުން ފާރަށް އަރުވާހިސާބުގެ ކޮޅުތައް ރީތިކޮށް ފާރުކެނޑުމަށްފަހު ވައްދާ ބައްދާލުން
  • ޝީޓުމަތީގައި ރާނާފައިވާ ތިރި ދެފާރުގެ ދެފުއް އެއްކޮށް ފައިބަރުކުރުން
  • ޝީޓުމައްޗަށް އެޅޭ ފެން ބޭރުކުރުމަށްޓަކައި މިހާރު ޖަހާފައިހުރި ހޮޅިތައް ނެގުމަށްފަހު އަލުން 1.5 (އެއް އިންޗި ބައި) ގެ އެސްލޯނު ހޮޅިލުމާއި ފެން ބޭރުކުރުމަށް އިތުރު 2 (ދޭއް) ހޮޅި ލުން (ހޮޅިތައް ލުމުގައި އެހޮޅިތައް ވެއްދުމަށް ކަނޑާ ލޯވަޅުތައް ފެން ލީކުނުވާނެހެން ހޮޅިތަކުގެ ބޭރުން ފައިބަރުން ބައްދާލުން)
  • މަސައްކަތް ކުރުމުގައި ކޮންމެ ނަމާދު ވަގުތެއްގެ 30 (ތިރީސް) މިނިޓު ކުރިން މަސައްކަތް ހުއްޓާލުމާއި ނަމާދުކޮށް ނިމުމުން 30 (ތިރީސް) މިނިޓުގެ ހުސްވަގުތެއް ދޫކޮށްލުން
  • މިސްކިތަށް ނަމާދަށް ދާ އެންމެހާ ފަރާތްތަކަށް އުނދަގޫ ނުވާނެހެން މަސައްކަތް ކުރިއަށް ގެންދިޔުމާއި މަސައްކަތް ކޮށްނިމުމުން ކޮންމެ ދުވަހަކުވެސް ހުރިހާ ކުނިބުނި ތަނުންނަގާ ސާފުކުރުން

 

 

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންތައްތައް

  • ހުށައަޅާ އަގަށް 80%
  • މަސައްކަތުގެ މުއްދަތަށް 20%

ވީމާ، މަތީގައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ހުކުރު މިސްކިތުގެ ފުރާޅުން ފެންލީކުވާ މައްސަލަ ހައްލުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކޮށްދޭނެ އަގާއި މުއްދަތު ބަޔާންކޮށް 17 މެއި 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ. ސިޓީ މެއިލް ކުރައްވާނަމަ، ކުރައްވާނީ info@mandhoo.gov.mv އަށެވެ.

10 މޭ 2023
ހޯދާ