ދިވެހިރާއްޖެ
އިޢުލާން
ލ. މާންދޫ އިރުމަތީ ފަރާތު އޮންނަ ރުއްގަނޑު ވަރުވާއަށް ދިނުން
ލ. މާންދޫ އިރުމަތީ ފަރާތުގައި މި ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރުއްގަނޑު ވަރުވާ އަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި އިދާރާއިން ދޫކުރާ ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ނަންގަވައި، އެފޯމު ފުރިހަމަ ކުރެއްވުމަށްފަހު 21 މެއި 2023 (އާދިއްތަ ދުވަހުގެ) 13:00 ކުރިން procurement@gan.gov.mv އަށް މެއިލް ކުރެއްވުންއެދެމެވެ. މި ބީލަމުގައި ރަޖިސްޓުރީ ވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް 22 މެއި 2023 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. އަދި ތިރީގައި މި ދަންނަވާ ގޮތަށް މި ބީލަމުގައި ބައިވެރިވުމުގެ ކަންކަމުގައި ޢަމަލުކުރެއްވުން އެދެމެވެ.
|
ކަން |
ތަން |
ތާރީޙް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓުރީވުމަށް |
ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭފޯމް Procurement@gan.gov.mv އަށް މެއިލް ކުރައްވައިގެން |
14 މެއި 2023 އިން 21 މެއި 2023 އަށް |
13:00 އަށް |
2 |
ބީލަމުގެ މަޢުލޫމާތު ދިނުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
22 މެއި 2023 |
10:00 |
3 |
ބީލަން ހުށަހެޅުން |
ލ.ގަމު ކައުންސިލް އިދާރާގެ ސެމިނަރ ރޫމް |
29 މެއި 2023 |
12:00 |
އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތަކަށްވެސް ބިޑު ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ވީމާ، މި ކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
14ޝައްވާލު1444
14 މެއި 2023
އަޙްމަދު ޒަކީ
ކައުންސިލްގެ ރައީސް