ދިވެހިރާއްޖެ
އިޖުތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުން
3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް މި ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 21 މެއި 2023 ވާ އާދިއްތަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 މެއި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގުހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ
މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ލިންކުން އަދި މި އިދާރާގެ ކައުންޓަރުން މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމާ ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.