ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ިމުއައްސަސާގައި ބޭނުންކޮށްފައިވާ 8 އެއަރ ކޮންޑިޝަން އައުޓްޑޯރ ޔުނިޓް އަދި 39 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. މިމުއައްސަސާގައި ބޭނުންކޮށްފައިވާ 8 އެއަރ ކޮންޑިޝަން އައުޓްޑޯރ ޔުނިޓް އަދި 39 އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް  ނީލަމުގައި ވިއްކާލުމަށް ކުރެވުނު  މި މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2023/025 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި  ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް finance.asset@police.gov.mv  އަށް މެއިލްކޮށް އަދި an_C1811@police.gov.mv އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 މޭ 21 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2023 މޭ 22 ވަނަ ދުވަހުގެ 09:30ގައި  ޕޮލިސް ވެހިކަލް ގަރާޖްގައެވެ.
  5. ނީލަން ކިއުން އޮންނާނީ  2023 މޭ 23 ދުވަހުގެ 10:00 ގައި  އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ  ދަންނަވަމެވެ.
  6. ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
17 މޭ 2023
ހޯދާ