އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލުގެ ހުޅަނގު ކަންމަތި ތައްޔާރީ ކާނާ ވިއްކާ ތަނަކަށް ކުއްޔަށް ދިނުން
އައި.ޖީ.އެމް ހޮސްޕިޓަލުގެ ހުޅަނގު ކަންމަތި ތައްޔާރީ ކާނާ ވިއްކާ ތަނަކަށް ކުއްޔަށް ދިނުމަށް 09 މާރިޗު 2023 ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2023/21 އިޢުލާނަށް ބިޑް އެވޯޑްކޮށް، މިމަސައްކަތަށް ދީފައިވާ މުއްދަތުގައި އެވޯޑްވި ފަރާތުން އިޖާބަދީފައިނުވާތީ، މި އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު މިކަމަކަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް
- ބީލަން ހުށަހަޅާ ފަރާތަކީ މިމަސައްކަތް ކުރުމަށް ހުއްދަ ލިބިފައިވާ، އަދި މެދުކެނޑުމެއްނެތި، މިހާރުވެސް ހިދުމަތް ދެމުންގެންދާ ފަރާތެއްކަމުގައި ވާންވާނެއެވެ. އަދި ސަރުކާރުގެ ގަވާއިދުތަކާ އެއްގޮތަށް، ސަރުކާރުގެ ތަންތަނަށް ހިދުމަތް ފޯރުކޮށްދިނުމަށް އެއްބާރުލުން ދިނުމަށް އެއްބަސްވާ ފަރާތެއްކަމުގައި ވާންވާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި ފޯނު ނަމްބަރު އެގޭނެހެން 18 މެއި 2023 އިން ފެށިގެން 23 މެއި 2023 އަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
- މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ. މިމަސައްކަތާއިބެހޭ އެންމެހާ ލިޔެކިޔުންތައް 21 މެއި 2023 ގެ 14:00 ން ފެށިގެން މިހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders އިން ޑައުލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
- މިބިޑާއި ގުޅޭ ޕްރީ ބިޑް މީޓީންގ 23 މެއި 2023 ގެ 11:00 ގައި، މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައި އޮންނާނެއެވެ. އަދި މި މީޓިންގ އަށް ފަހު މަސައްކަތް ކުރާ ސައިޓްދެއްކުން އޮންނާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 މެއި 2023 ގެ 14:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑްރެސްތަކަށް އީމެއިލް ކުރެއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 25 މެއި 2023 ދުވަހު 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހޅާ ބިޑުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
- އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް tenders@igmh.gov.mv
ކޮޕީ: procurement@igmh.gov.mv
zeenath@igmh.gov.mv
18 މޭ 2023
ހޯދާ