ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2023/190
އިޢުލާން
ރ.އިންނަމާދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނީގެ ރ.އިންނަމާދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2023 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ ރ.އިންނަމާދޫ ބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރ.އިންނަމާދޫބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.