ދިވެހިރާއްޖެ
ގދ. ފިޔޯރީ ޖެޓީ ސަރަޙައްދުގައި ތަރައްޤީ ކުރާ މޮނިއުމަންޓް، މިއިދާރާއިން ދޭ ކުރެހުންތަކާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 ޖޫން 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ކުރިން އިދާރާގެ މެއިލް އެޑްރެހަށް، (projects@fiyori.gov.mv) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 ޖޫން 2023 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 7 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 8 ޖޫން 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: projects@fiyori.gov.mv
8 ޛުލްގައިދާ 1444
28 ޖޫން 2023