ދިވެހިރާއްޖެ
3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް މި ރަށުގެ އިޖްތިމާޢީ ޞަރަޙައްދުތަކުގެ ތެރެއިން ޒޯން B ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 07 ޖޫން 2023 ވާ ބުދަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަގުހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑުގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ
މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާ ލިންކުން އަދި މި އިދާރާގެ ކައުންޓަރުން މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށަހަޅާ ފޯމާ ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
16 ޛުލްޤަޢިދާ 1444 ހ.