ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
(IUL)10-F/10/2023/77 :ނަންބަރު
އިޢުލާން
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައިވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހޯދަން ބޭނުންވާ ތަކެތީގެ ސްޕެސިފިކޭޝަން މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
# |
ތަކެތި |
އަދަދު |
1 |
ބްލެކް އެންޑް ވައިޓް ޑުޕްލެކްސް ޕްރިންޓަރ |
1 |
2 |
3 އިން 1 މަލްޓި ފަންކްޝަނަލް ޕްރިންޓަރ، ކުލަ |
1 |
3 |
ލޭޒަރޖެޓް ޑުޕްލެކްސް ކުލަ ޕްރިންޓަރ |
2 |
4 |
ކުލަ ޕްރިންޓަރ |
1 |
5 |
ޕޮޓޯކޮޕީ މެޝިން |
1 |
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މި އިޢުލާން ނަންބަރަށް ރިއާޔަތްކޮށް މިނިސްޓްރީގެ bids@homeaffairs.gov.mv
އީ.މެއިލް އެޑްރެހަށް ކޮންޓެކްޓް ނަމާއި، އެޑްރެހާއި، ކޮންޓެކްޓް ނަންބަރު އަދި އީ.މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. (ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ
ދަންނަވަމެވެ.) މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް މިބީލަމާއި ގުޅޭ މަޢޫލޫމާތު ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ވާހަކަ ދަންނަވަމެވެ. މި ބީލަމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކުން، 19 ޖޫން 2023 ވާ ހޯމަ ދުވަހުގެ
10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.