ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 20 ޖޫން 2023 13:46 ގައި ބާތިލް ކުރެވިފައެވެ.


މިމަރުކަޒުގެ ނަންބަރު (IUL)FMHC/2023/06  ( 21 މެއި 2023) ގައި މިމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. އަންދާސި ހިސާބުގައި ބައިވެރި ވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް 15 ޖޫން 2023 ، ބުރާސްފަތި ދުވަހު 11:00 ށް މިމަރުކަޒުގެ މެއިލް Faresmaathoda.hc@asmh.gov.mv އަށް ފޮނުއްވުން އެދެމެވެ.

 

1. މަޢުލޫމާތު ސާފުކުރުން: 15 ޖޫން 2023 ، ބުރާސްފަތި  ދުވަހު 11:00 ށް

2. އަންދާސީ ހިސާބު ހުށަހެޅުން:  22 ޖޫން 2023 ، ބުރާސްފަތި ދުވަހު 11:00 ގައި

 

         މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާނު ނަންބަރާއި އަންދާސީ ހިސާބުގެ ނަން " ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ"  އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޖޫން 2023
ހޯދާ