މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހުޅުމާލޭން ގުދަނެއްް ކުއްޔަށް ހިފުމާބެހޭ
ހުޅުމާލޭން 800 އަކަފޫޓާއި 1000 އަކަފޫޓާ ދޭތެރޭގެ ތަނެއް ގްރައުންޑް ފްލޯރއިން ގުދަނަކަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 12 ފެބުރުވަރީ 2015ވާ ބުރާސްފަތި ދުވަހުގެ 16:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ހުޅުމާލެ ޕޯސްޓް އޮފީހަށް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް(3 ވަނަ ފްލޯރ އަށް) މާލެއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުޞީލު
- އިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (އަކަފޫޓު)
- ޢިމާރާތަކީ ގުދަނެއް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ކުއްޔަށް ދޭ ގުދަން މަގުމައްޗަށް ވަކިން ވަދެވޭ ގޮތަށް ހުރުން
- އިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- އިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- އިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ހިފަން ބޭނުންވާ މުއްދަތު 5 އަހަރަށް ވުރެ ކުރުނޫން މުއްދަތަކަށް
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަންޖެހޭ ކަންތައްތައް
- ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގެ ސަލާމަތީ ފެންވަރު ބަޔާންކުރުން
- ކުއްޔަށް ދޭ ތަނަކީ ހުށަހަޅާ ފަރާތުގެ އަމިއްލަ ތަނެއް ކަމުގައި ވުން
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން، ތަނުގެ ބޮޑުމިން އިނގޭނެ ކުރެހުމެއް ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާގުޅިގެން ޕޮއިންޓު ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %40
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ:
12 ރަބީޢުލްއާޚިރު 1436
02 ފެބުރުވަރީ 2015
ހޯދާ