ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކޮށްދޭނެ ފަރާތެއް ހޯދުން

2023 ޖުލައި 01 ވަނަ ދުވަހުން ފެށިގެން ނިލަންދޫ އިޖުތިމާޢީ ސަރަހައްދުތައް ވިނަނޮޅައި ކުނިކަހައި ސާފުކުރުމަށް ރައްޔިތު އަންހެނުންގެ ތެރެއިން 18 އަހަރުން މަތީގެ އަންހެނުން ބައިވެރިކޮށްގެން އެމަސައްކަތަށް 0232 ވަނައަހަރަށް ކަނޑައަޅާފައިވާ ފައިސާ، މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް ހަމަހަމަ އުޞޫލުން ބަހާގޮތަށް މަސައްކަތްކޮށްދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއްޖެއެވެ.

    ވީމާ، ނިލަންދޫ އިޖްތިމާޢީ ސަރަހައްދުތައް ކުނިކެހުމަށް ޝަޢުޤުވެރިވާ  ޢުމުރުން  18 އަހަރުން މަތީގެ އަންހެނުން " މިއިދާރާއިން ދޫކުރާ  2023 ވަނައަހަރު ނިލަންދޫގެ އިޖްތިމާޢީ ސަރަހައްދު ސާފުކުރުމަށްއެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 2023 ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަގު ކުނިކެހުމުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ފޯމް ދޫކުރުމާއި ފޯމު ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ފެށިގެން މެންދުރުފަހު 13:00 އަށެވެ.  

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

    25 ޛުލްޤަޢިދާ 1444

   14 ޖޫން 2023

14 ޖޫން 2023
ހޯދާ