ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު: ޕްރިންޓަރ އެއް ހޯދުން

މި ކޯޓުގެ ބޭނުމަށް މަލްޓި ފަންކްޝަނަލް ޕްރިންޓަރ އެއް ގަތުމަށް ބޭނުންވާތީ، އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ސްޕެސިފިކޭޝަންއަށްވުރެ ފެންވަރު ދެރަ ނޫން ޕްރިންޓަރ އެއް މި ކޯޓަށް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖޫން 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓުގެ އީ-މެއިލް          info@ha-ihavandhoo.court.gov.mv މެއިލްއަށް ކޯޓޭޝަން އީ-މެއިލް ކުރެއްވުން އެދެމެވެ. ކޯޓޭޝަންއާއެކު ޕްރިންޓަރގެ ތަފްޞީލު ސްޕެސިފިކޭޝަންތައް ހިމަނަންވާނެއެވެ.

ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ލިބޭ އީ-މެއިލްތައް ބަލައިނުގަނެވޭނޭ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6500242 އަށް ގުޅުއްވުން އެދެމެވެ.

 

19 ޖޫން 2023
ހޯދާ