ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީއިން އިންޓަ އޮޕަރަބަލް ކްރިމިނަލް ޖަސްޓިސް ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ArcGIS Enterprise ހޯދުމާ ގުޅޭ
މި މިނިސްޓްރީއިން އިންޓަ އޮޕަރަބަލް ކްރިމިނަލް ޖަސްޓިސް ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާތީ، މި އިޢުލާނާއި އެއްކަރުދާސް ކޮށްފައިވާ ސްޕެސިފިކޭޝަން ހިމެނޭ ArcGIS Enterprise މިނިސްޓްރީއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން
މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ.
ބީލަން ހުޅުވުން
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023ޖުލައި 06 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރަތްތަކުން 2023 ޖުލައި 04 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތު ހުޅުވާލަމެވެ.