ދިވެހިރާއްޖެ
ދިރާސީ އައު އަހަރު (2024/2023) ގައި ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތައް ކުރިއެކޭއެއްގޮތަށް ކުރިޔައްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިއަދުން ފެށިގެން ނާސަރީ އަދި ބޭބީނާސަރީ ކުލާސްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ނާސަރީ އަދި ބޭބީނާސަރީ ކުލާސްތަކަށް އަލަށް ދަރިވަރުން ވެއްދުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 14:00 ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ 9:00 އިން 2:00 މިއިދާރާއިން ލިބެންހުންނާނޭކަމުގައި ދެންނެވީމެވެ. އަދި މިއުޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން މިއިދާރާގެ ފޯންނަންބަރު 7980047 ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރުމަށް ދަންނަވަމެވެ.
2023 އޮގަސްޓްގައި ފެށޭ ދިރާސީ އަހަރަށް ސްކޫލަށް ކުދިން ވައްދާ ގްރޭޑް ތަކާއި ޢުމުރުފުރާގެ ތަފްޞީލް:
ގްރޭޑް |
ޢުމުރު |
ބޭބީ ނާސަރީ |
2023 ޖުލައި މަހުގެ 31 އަށް 2 އަހަރުފުރި 3 އަހަރު ނުފުރޭ ކުދިން |
ނާސަރީ |
2023 ޖުލައި މަހުގެ 31 އަށް 3 އަހަރުފުރި 4 އަހަރު ނުފުރޭ ކުދިން |
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.