ދިވެހިރާއްޖެ
މާލެ ސައުތުވެސްޓް ހާބަރުގައި ކްރޭނުގެ ޚިދުމަތް ދެމުންދާ ފަރާތް ތަކަށް ކްރޭން ޕާކް ކުރުމުގެ ޖާގަ (ސްލޮޓް) ކުއްޔަށް ދިނުމަށް ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތް ތަކުން 2023 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 އަށް މާލެ ސައުތުވެސްޓް ހާބަރ (ޓީ-ޖެޓީ) ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
ބީލަން ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މާލެ ސައުތުވެސްޓް ހާބަރުން ކްރޭން ޕާކްކުރުމަށް ސްލޮޓް ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު
- ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ އަދަދު: 3
- ކުއްޔަށް ދޫކުރެވޭ މުއްދަތު: 2 އަހަރު
- ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ސްލޮޓްގެ ފެށޭ އަގު: މަހަކަށް 5،000.00 (ފަސް ހާސް ރުފިޔާ)
- ކޮންމެ ފަރާތަކަށް ވެސް ކުއްޔަށް ދެވޭނީ 1 ސްލޮޓެވެ.
- ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަށްވުރެ އިތުރަށް ކުއްޔަށް ހިފުމަށް އަގު ހުށަހަޅާފައިވާނަމަ ޕާކިންގް ޖާގަ ދޫކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅާ 3 ފަރާތަކަށެވެ.
- އެއް އަގެއް ދެފަރާތަކުން ނުވަތަ އެއްއަށްވުރެ އިތުރު ފަރާތަކުން ހުށަހަޅައިފިނަމަ އެފަރާތްތަކަށް އަލުން އަގު ހުށަހެޅުމަށް ފުރުސަތު ދެވޭނެއެވެ.
ބީލަން ހުޅުވުން
- ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 10 ވާ ހޯމަ ދުވަހުގެ 14:00 ގައި މާލެ ސައުތުވެސްޓް ހާބަރ އޮފީހުގައި މިކަމަށް އެދި ހުށައަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބީލަން ހުށަހެޅުމަށް ދެވިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ބަލައި ނުގަނެވޭނެއެވެ.