ދިވެހިރާއްޖެ
ކަލާފާނުސްކޫލް
މާލެ . ދިވެހިރާއްޖެ
އިއުލާން ނަންބަރު : KS-B/IUL/2023/09
ބީލަން ހުށަހެޅުމުގެ ދަޢުވަތު (2)
މިސްކޫލްގެ KS-B/IUL/2023/08 އިއުލާން އަށް ހުށައެޅި އަގު އެކަށީގެންނުވާތީ މިއިއުލާން ބާތިލް ކޮށްފީމެވެ.
ވީމާ އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
1- މިސްކޫލްގެ ހޯލްގެ އެކިއެކި މަރާމާތުތަކާއި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ޖުލައި 04 ން 2023 ޖުލައި 08 ގެ 14:00ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
ލިންކް: https://forms.gle/s8LtN9Y5L17bBPUu7
3- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖުލައި 09 ގެ ނިޔަލަށް މި އިޢުލާންގެ 6 ވަނަ ނަންބަރު ގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
4- މިޕްރޮޖެކްޓާއި ބެހޭގޮތުން ބޭއްވޭ މައުލޫމާތު ދިނުން 10 ޖުލައި 2023 ވަނަ ދުވަހުގެ 11:00 ގައި އޮންނާނެއެވެ.
5- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 16 ވަނަ ދުވަހުގެ 11:00ގައި ކަލާފާނު ސްކޫލްގައެވެ.
ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި-/10,000ރ.(ދިހަ ހާސް ރުފިޔާ) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 60 ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހަށް މެއިލްކުރުމުން ލިބިވަޑައިގަންނަވާނެއެވެ.
ކަލާފާނު ސްކޫލް
އަމީނީމަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3328991
އީ-މެއިލް: budget@kalaafaanuschool.edu.mv
04 ޖުލައި 2023