ދިވެހިރާއްޖެ
ނަންބަރ: (IUL)363-PRJ/363/2023/17
އިޢުލާން
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އައު އޮފީސް އިމާރާތް ޤާއިމްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 04 ޖުލައި 2023 ވާ އަންގާރަ ދުވަހުން ފެށިގެން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބިޑްގައި ރަޖިސްޓްރީ ކުރަންވާނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 18 ޖުލައި 2023 ވާ އަންގާރަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން info@veyvah.gov.mv އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
04 ޖުލައި 2023