އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤާނޫނީ ލަފާ ދޭނެ "ލޯ ފަރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޤާނޫނީ ލަފާ ދޭނެ "ލޯ ފަރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

މިކައުންސިލަށް ޤާނޫނީ ލަފާ ދޭނެ "ލޯ ފަރމް" އެއްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 09 ޖުލައި 2023 އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލްproject@mathiveri.gov.mv  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރުމަށް ފަހު ހުށަހަޅަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުމަށް ވަކި ޙާއްސަ ޕްރީ ބިޑް މިޓިންގއެއް ނޯންނާނެއެވެ.  
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 ޖުލައި 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ project@mathiveri.gov.mv  އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާޓުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

                      މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        17 ޛުލްޙިއްޖާ 1444

05 ޖުލައި 2023

05 ޖުލައި 2023
ހޯދާ