ކިނބިދޫ ސްކޫލް، ތ. ކިނބިދޫ
ދިވެހިރާއްޖެ
ކިނބިދޫ ސްކޫލް ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

        

ނަންބަރު: GS55/IUL/2023/07

އިޢުލާނު

 

ކިނބިދޫ ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

1 އޮގަސްޓް  2023 އިން މީލާދީ 1 އަހަރު ދުވަހަށް، މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫންނަމްބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫން ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 12:30 އަށް ސްކޫލަށް ވަޑައިގެން ނުވަތަ މި އިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި ތިރީގައި މިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.

މިބީލަމާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 13 ޖުލައި 2023 ވާ ބުދަ  ދުވަހުގެ 10:00 ގައި މި ސުކޫލުގައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 01:00 އެވެ. އަދި ބީލަން ހުޅުވުން އޮންނާނީ ހަމައެގަޑީ ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި އަންނަ ފަރާތުން މިބައްދަލުވުމުގައި ބައިވެރި ވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6780095

 އީ-މެއިލް:    admin@kinbidhooschool.edu.mv 

 

17 ޒުލްޙިއްޖާ 1444

05 ޖުލައި 2023

 

 

                                                                                                           ޙައްވާ ޢަފްރާ

                                                                                                         އެޑްމިނިސްޓްރޭޓަރ

05 ޖުލައި 2023
ހޯދާ