ދިވެހިރާއްޖެ
ގދ.ފިޔޯރީ ސަންސެޓުގޯތި ހިމެނޭ ބޮލޮކުގެ އުތުރުން ކުލީބިމުގެ ގޮތުގައި ކަނޑައެޅިފައިވާ 5 ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލްގެ 04 ވަނަ ދައުރުގެ 105 ވަނަ ބައްދަލުވުމުން ވަނީ ނިންމާފައެވެ. 35 (ތިރީސް ފަހެއް) އަހަރު ދުވަހުގެ ކުއްޔަށް ދިނުމަށް ނިންމާފައިވާ ބިމުގެ އެންމެ ކުޑަ އަގަކީ 0.15 ލާރި (ފަނަރަ ލާރި) ކަމުގައިވެސް ވަނީ ނިންމާފައެވެ.
ވީމާ، ބިން ކުއްޔަށް ނަގަން ޝައުގުވެރިކަން ހުރި ފަރާތްތަކުން ޕްރޮޕޯސަލް ހުށެހުޅުމަށް ދަންނަވަމަވެ. ޕްރޮޕޯސަލް ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ހުށައަޅާ ޕްރޮޕޯސަލްގައި ސްލޮޓް ނަންބަރާއި ހުށައަޅާ އަގު އެގެން އޮންނަން ވާނެއެވެ. ޕްރޮޕޯސަލް ހުށައެޅުން އޮންނާނީ 16 ޖުލައި 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގދ.ފިޔޯރީ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ. ގަޑި ޖެހިގެން ހުށައަޅާ އެއްވެސް ހުށައެޅުމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބިން ދިނުމަގައި ބަލާނީ އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 4002625 ފޯނަށް ގުޅުވުން އެދެމެވެ.
ޕޮއިންތް ދެވޭނެ ގޮތް:
ކުލީގެ ގޮތުގައި ހުށައެޅޭ އެންމެ ބޮޑު އަގަށް |
60 ޕޮއިންޓް |
ހުށައެޅޭ އެންމެ ރަގަޅު ޕްރޮޕޯސަލަށް |
20 ޕޮއިންޓް |
މާލީ ޤާބިލް ކަމަށް |
20 ޕޮއިންޓް |
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
17 ޛުލްޙިއްޖާ 1444
5 ޖުލައި 2023