ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 އޭޕްރިލް 2024 13:19 ގައި ބާތިލް ކުރެވިފައެވެ.
ނަންބަރ: (IUL)258/258/2023/119
އިޢުލާން
ޓޫރިޒަމް ޒޯން ބިން ކުއްޔަށް ދޫކުރުން.
ހަނިމާދޫ ޓޫރިޒަމް ޒޯނުގައިހުރި ބައެއްބިންތަށް ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.
10000 (ދިހަހާސް އަކަފޫޓު) 4 ބިން 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށާއި، އަދި 5000 (ފަސްހާސް އަކަފޫޓު) 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވާތީ ދަންނަވަމެވެ.
ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
ފަސްހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައެވެ. މިބިންތަކުގެ ބިޑު ހުޅުވުން އޮންނާނީ 06 އޯގަސްޓް 2023 ވާ އާއްދީއްތަ ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ޛުލްޙިއްޖާ 1444
06 ޖުލައި 2023