ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2023/249
އިޢުލާން
ރ.އިންނަމާދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނީގެ ރ.އިންނަމާދޫބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު FNK-I/IUL/2023/197 އަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ އިއުލާން ބާތިލް ކޮށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖުލައި 2023 އާދީއްތަ، ދުވަހުގެ 10:00 އަށް މި ކުންފުނީގެ ރ.އިންނަމާދޫބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރ.އިންނަމާދޫބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.