ދިވެހިރާއްޖެ
މިކައުންސިލުން ދޫކުރާ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒިމަނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މިކައުންސިލުން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
އެގްޒަމިނަރުން
- ބޭނުންވާ ޢަދަދު: 02
ޝަރުޠު
- ދަށްވެގެން ނިޔަމި ކަމުގެ ސަނަދު 1 އޮތުން
- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން
- ކަނޑު އުޅަނދުފަހަރު ދުއްވުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން
- ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައިނުވުން
އުޖޫރަ
- ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/10 (ދިހަ) ރުފިޔާ
އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤު ވެރިވެ ވަޑައިގަންނަވާ ބޭފުޅުން 18 ޖުލައި 2023 ދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއި އެކު ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ޑިރެކްޓަރ